އުރީދޫ ސުޕަނެޓްގެ ޚިދުމަތް ދުވާފަރަށް

އުރީދޫ ސުޕަނެޓްގެ ހިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ދުވާފަރަށް ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާއި ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނޭ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
 
އުރީދޫން ބުނީ އާ ހިދުމަތްތަކާއެކު ދުވާފަރު ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށެވެ. އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އަގުހެޔޮކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އުރީދޫއިން ހާމަކުރެއެވެ.

އަދި ދުވާފަރަށް އުރީދޫ ސުޕަނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިިތުންނަށް އެ ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ކުރިން، ސުޕަނެޓް ޚިޔާރު ކުރައްވާ ދުވާފަރުގެ ކަސްޓަމަރުންނަށް އެއްވެސް ކަނެކްޝަން ފީއެއް ނުހިމެނުމަށް ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މާހިލް 04 ޑިސެމްބަރު 2018 - 07:42

    އުރީދު ދުވާފަރުގައި ސުޕަނެޓް އާއެކު ދުވާފަރުގައި އިންޓަނެޓް ހަލުވިކަމާއެކު ލިބޭނެ ދޯ

ގުޅުން ހުރި
Loading...