ރޭގެ މެޗަށްފަހު ބާސާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ދޭއް ސުމެއްގެ ނަތީޖާއިން ވިލަރެއާލް ބަލިކޮށް ބާސެލޯނާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. 

ބާސާއަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ 36ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އެ ޓިމުގެކުޅުންތެރިއާ ޖެރާޑް ޕީކޭ އެވެ. ޖެރާޑް ޕީކޭ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ އޮސްމާން ޑެމްބަލޭ ދިން ބޯޅައަކުންނެވެ.

ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެ ޓިމުގެ ފަރާތިުން ވަނީ ވަރުގަދަ ކުޅުމެއް ފެނިފައެވެ. ބާސާއަށް އެޓިމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 87ވަނަ މިނެޓުގައި އެ ޓިމުގެ ޒުވާން ކުޅުންތެރިޔާ ކަރލެސް އެލީނާ އެވެ. އެ ގޯލަކީ ކާލެސް އެލީނާ ލަލީގާގައި ޖެހި ފުރަތަމަ ގޯލުކަންވެސް ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗަށްފަހު ބާސާ ލީގު ތާވަލުގެ އެއްވަނައަށް 28 ޕޮއިންޓާއެކު ޖެހިލާފައިވާއިރު ވިލަރެއާލް އޮތީ 14 ޕޮއިންޓާއެކު 17ވަނައިގައެވެ. ލީގު ތާވަލުގެ ދެވަނައިގައި 27 ޕޮއިންޓާއެކު ސެވިއްޔާ އޮތް އިރު ތިން ވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 25 ޕޮއިންޓާއެކުގައެވެ.

ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނުނަމަވެސް އަލްވޭސްއާއި ބައްދަލުކުރި މެޗުން އެކެއް އެކެއްގެ ނަތީޖާއިން އެއްވަރުވުމުން އެ ފުރުސަތު ސެވިއްޔާއަށް ވަނީ ގެއްލިފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...