ދީޕިކާއާއި ރަންވީރްގެ އެންމެ ފަހު ރިސެޕްޝަނަށް ކަޅިއެއް

ބޮލީވުޑްގެ ތަރިންނަށްޓަކައި ރޭ މުމްބާއީގައި ބޭއްވި ރިސެޕްޝަންގައި ދީޕިކާ އަދި ރަންވީރް.

ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހްގެ ކައިވެންޏަށް ފަހު، އެންމެ ގިނަ މީހުން އިންތިޒާރު ކުރި އެއް ހަފްލާއަކީ ބޮލީވުޑްގެ ތަރިންނަށް ބޭއްވި ރިސެޕްޝަނެވެ.

ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ރޭ ނުވައެއް ޖެހިއިރު މުމްބާއީގައި ބޭއްވި އެ ރިސެޕްޝަނަކީ، ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ 3 ވަނަ އަދި އެންމެ ފަހުން ރިސެޕްޝަންވެސްމެއެވެ. ބޮލީވުޑްގެ މަޤްބޫލް ފަންނާނުންތަކެއް އެ ރިސެޕްޝަނުން ފެނިގެންދިޔައެވެ. އެ ރިސެޕްޝަންގެ ބައެއް ފޮޓޯތައް ހިމަނާލާނަމެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.
ޖާންވީ ކަޕޫރު ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.
ރިތިކް ރޯޝަން ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.
އަނުޝްކާ ޝަރްމާ ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.
ކެޓްރީނާ ކައިފް ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.
ރޭކާ ދީޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާގައި.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...