ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއްްގެ އިސްވެރިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއްްގެ އިސްވެރިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ. 

އެ ދައުވާ އުފުލާފައިވަނީ، ޕާކިސްތާނުގެ ތެހެރީކްއޭ ލައްބައިކް ޕާކިސްތާން ޕާޓީގެ އިސް ހަތަރު ބޭފުޅުންގެ މައްޗަށެވެ. އެގޮތުން ޕާޓީގެ ވެރިޔާ ޚާދިމް ހުސައިން ރިޒްވީގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ.

އެދައުވާ އަކީ ޕާކިސްތާނުގެ ކްރިސްޓިއަން ދީނުގެ އަންހެނެއްގެ ބޮލުގައި ދޮގު ތުހުމަތުއަޅުވައި އޭނާގެ ގެއަށާއި މުދަލަށް ގެއްލުން ދިނުމަށް ޕާޓީގެ އިސްވެރިން ހިތްވަރު ދިނުމާއި ގުޅިގެން ކުރި ދައުވާއެކެވެ.

ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރ ފަވާދު ޗޯދްރީ ވިދާޅުވީ ޓީއެލްޕީގެ ލީޑަރޝިޕާއި ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެކަން ކުރަން ނިންމާފައިވަނީ ހޮނިހިރު ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގެދޮރަށާއި ބަސްތަކަށް ގެއްލުން ދީ، އަންހެނުންނަށް އަނިޔާކުރި މީހުންނަށް ޓެރަރިޒަމްގެ ދައުވާކޮށް ހުކުމް ކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ތެހެރީކްއޭ ލައްބައިކް ޕާކިސްތާން ޕާޓީގެ ލީޑަރޝިޕްގެ އެއްބާރުލުމާއެކު ހިންގި އެ މާރާމާރީތަކުގައި މިހާތަނަށް ޕާކިސްތާނުގެ ފުލުހުންވަނީ 3000ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...