އަމިއްލަ އެދުމުގެ ސަބަބުން އެއްބަސްވުމާއި ދެކޮޅު ނެހެދުމަށް ޝެއިޚް ޒައިދު ގޮވާލައްވައިފި

އަމިއްލަ އެދުމުގެ ސަބަބުން ހުވަޔާއި ޝަރުތުތައް އުވާލުމަކީ މުސްލިމުންނަށް އެކަށީގެންވާކަމެއް ނޫންކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

އޭނާ އެފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކޯލިޝަން ހަދައި އެއްބަސްވުންތައް ހެދުމަށްފަހު ފަހުވަގުތު އެމްޑީޕީއިން އެ އެއްބަސްވުމާއި ޚިލާފުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ ވަކި ގޮތަކަށް އެއްބަސްވެ، ޝަރުތު ކަނޑައެޅި ނިމިފައިވަނިކޮށް އަމިއްލަ އެދުން ބޮޑުވެ، އަހުދާ ހުވަޔާއި ޝަރުތު އުވާލުމަކީ މުސްލިމުންނަށް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އަދި އަހުދަކީ ފަހުން އެކަމާ ގުޅިގެން ސުވާލު ކުރެވޭނެ ކަމެއް ކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.


އެ ޓްވީޓާއި ގުޅިގެން ޝެއިޚް ޒައިދަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ ހަތަރު ލީޑަރުން ނިންމެވި ނިންމެވުމަކީ، ރައްޔިތުން ނިންމަން ޖެހޭ ނިންމުމެއްކަމަށެވެ. އަދި ލީޑަރުން ރައްޔިތުންގެ ޙައްޤު ނިގުޅައިގަންނަން މަސައްކަތް ނުުކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން، ކޯލިޝަންގެ ނަމުގައި ވެފައިވާ އެއްބަސްވުމަކީ ރައްޔިތުންގެ ޙައްޤު ހިފެހެއްޓުން ފަދަ ޢަމަލެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...