ވެލެންސިއާ ބަލިކޮށް ރެއާލް ތާވަލުގެ ފަސްވަނައަށް

ވެލެންސިޔާ ބަލިކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގެ ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
ރޭގެ މެޗުން ރެއާލް މޮޅުވެފައިވަނީ ދޭއް ސުމެއްގެ ނަތީޖާއިން. މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު އެ ޓީމަށް ލީޑު ލިބިފައިވަނީ މެޗުގެ އަށްވަނަ މިނެޓުގައި ވެލެންސިއާގެ ކުޅުންތެރިއާ ވާސްގެ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.
އެހާފުގައި ރެއާލްއަށް ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ލިބިފައިވީނަމަވެސް ފުރަތަަމަ ހާފް ނިމިގެން ދިޔައީ ރެއާލްއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ރެއާލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 83ވަނަ މިނެޓުގައި ލޫކަސް ވަޒްކުއޭޒްއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ރެއާލް މިހާރު އޮތީ 23 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި އެ މެޗުން ބަލިވުމުގެ ސަބަބުން 17 ޕޮއިންޓާއެކު ވެލެންސިއާ އޮތީ 13 ވަނައިގައެވެ. ސްޕެނިޝް ލީގުގައި ދެން ރެއާލް ބައްދަލު ކުރާނީ ހުއެސްކާއާއި ދެކޮޅަށެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.