އެމްޑީޕީއިން ކޯލިޝަން އެއްބަސްވުން އުވާލައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ/ އަވަސް އޮންލައިން.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ފާސްކޮށްފިއެވެ.

އެމްޑީޕީއިން އެގޮތަށް ނިންމާފައިވަނީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާއި ކެބިނެޓް ބަހާނެ ގޮތުގެ އެއްބަސްވުމެއް އެކުލަވާލާފައިވަނިކޮށް އެޕާޓީއިން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ހުރިހާ ދާއިރާތަކަށް އެމްޑީޕީއިން ކުރިމަތިލާން ހުށަހެޅުއްވުމުން، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ ތެރެއިން 79 މެމްބަރުން ވަނީ އެ ނިންމުމަށް ތާޢީދުކޮށް ވޯޓު ދީފައެވެ. ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އިރު އެ ޕާޓީގެ ގިނަ މެންބަރުން ވަނީ އެކަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކާފައެވެ.

އެގޮތުން އެމްޑީޕީއަށް އެންމެ ދާއިރާއަކަށް ވެސް ވާދަ ނުކުރެވުމަކީ އެ ޕާޓީއަށް ތާއީދު ކުރާ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި ޕާޓީތަކުން އެމްޑީޕީއަށް އެންމެ 35 ދާއިރާ ދޭން ނިންމުމަކީ ބޮޑު ގޯހެއް ކަމަށް އެ ޕާޓީގެ މެމްބަރުން ވަނީ ބުނެފައެވެ.

އެ މެމްބަރުން ހާމަކުރާގޮތުގައި މިހާރު އެންމެ މުހިންމު ކަމަކީ ކޯލިޝަން ދެމެހެއްޓުމެވެ.  އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ އިން މަޖިލިސް އިންތިހާބާއި އެއަށް ފަހު އޮޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާނީ 35 ދާއިރާއަށެވެ.

އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ ދޭން އެއްބަސްވި އިރު އެމްއާރްއެމްއަށް 20 އަދި އަދާލަތަށް 13 ދާއިރާ ދިނުމަށް ވަނީ އެއްބަސްވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ރައްޔިތު މީހާ 02 ޑިސެމްބަރު 2018 - 12:45

    މިނޫހުގަ ކޮމެންޓެއް ކޮށްލާނެ ކުއްޖަކު ވެސް ނުވަނީތަ؟

ގުޅުން ހުރި
Loading...