ޔޫތު ވިންގުގެ އިންތިޚާބު ފަސްކުރުމުން އެމްޑީޕީގެ ޒުވާނުން ކަންބޮޑުވެއްޖެ

ރައީސް ސާލިހު ޒުވާނުންތަކަކާއި ބައްދަލުކުރައްވަނީ. ފޮޓޯ: މިހާރު

އެމްޑިޕީ ޔޫތު ވިންގުގެ އިލެކްޝަން ފަސްކުރުމާއި ގުޅިގެން އެ ޕާޓީގެ ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީއިން މިއަހަރު ބާއްވަން ހަމަޖެއްސި އެ ޕާޓީގެ ޔޫތު ވިންގުގެ އިންތިޚާބު ނުބާއްވާ ލަސްވާތީ އެ ޕާޓީގެ ޒުވާނުން ވަނީ އެކަމާ ފާޑު ކިޔާ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރުމަށް ޒުވާނުން ގަދައަޅާ މަސައްކަތް ކޮށްފައިވާ ކަމަށާއި އެތައް ޚަރަދުތަކެއް ވެސް އެކަމަށް ކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބު ފަސްކުރުމުން އެކަންތައްތައް އެމްޑީޕީއިން ބަލައިނުގަންނަކަން ހާަމަވެފައިވާ ކަމަށާއި ކުރިއެކޭ އެއްފަދައިން އަނެއްކާވެސް ޒުވާނުން ބާކީކޮށްލަނީ ކަމަށްވެސް އެމްޑީޕީގެ ޒުވާނުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން އެމްޑިޕީގެ ޔޫތު ވިންގުގެ ރައީސްގެ މަޤާމުގައި ހުންނެވި މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާތި އޭނާ އުޅެނީ އެކަމުގައި އަވަދިނެތި ކަމަށާއި އޭނާ އޭނާގެ ޒިންމާ އަދާނުކުރާ ކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ. އަދި ވީހާވެސް އަވަހަށް ޔޫތު ވިންގުގެ އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ ޒުވާނުން ދަނީ ގޮވާލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...