ދިވެހި ޕްރިމިއަރ ލީގު ޓީސީއިން ކާމިޔާބުކޮށްފި

ދިވެހި ޕްރިމިއަރ ލީގު ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އީގަލްސްއާއި ބައްދަލުކޮށް 4-4ގެ ނަތީޖާއިން އެއްވަރުވި ނަމަވެސް ޓީސީ ވަނީ ލީގު ކާމިޔާބުކޮށްފައެވެ.

ލީގުގެ އެންމެ ކުރީގައި ޓިސީއާއި މާޒިޔާ ވާދަކުރިނަމަވެސް މާޒިޔާއާއި ނިއުރޭޑިއެންޓާއި ކުޅުނު މެޗު އެއްވަރުވުމުން ޓީސީ ވަނީ ލީގުގެ ކުރި ހޯދާފައެވެ. އަދި އިއްޔެ ކުޅުނު މެޗުގެ ކުރިންވެސް ޓީސީއަށް ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ.

އިއްޔެގެ މެޗަށްފަހު އެންމެ މޮޅު ގޯލް ކީޕަރަކަށް ޓީސީގެ ކިރަން ކުމާރު ލިމްބޫ ހޮވިފައިވާއިރު ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މިދިޔަ އަހަރެކޭ ވެސް އެއްްފަދައިން މިއަހަރުވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޮވާފައި ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...