"ދަ ކަޕިލް ޝަރުމާ ޝޯ" ގެ ޕްރޮމޯ ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ ކާމިޔާބު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ޕްރޮމޯ ދައްކާލައިފިއެވެ.

ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެ ޝޯގެ ތިން ވަނަ ސީޒަން ފެށުމަށް ކަޕިލް ތައްޔާރުވަމުންދާއިރު އެންމެ ފަހުގެ ސީޒަން ހުއްޓާލީ ކަޕިލްގެ އަމިއްލަ ދިރިއުޅުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން އޭނާއަށް އެ ޝޯއަށް ވަގުތު ނުދެވިގެންނެވެ. އެގޮތުުން ޝޯއަށް މެހެމާނުން ގެނައުމަށްފަހު ޝޯ ޝޫޓް ކުރަން ހާޒިރު ނުވުމާއި، ފަހަކަށް އައިސް މެހެމާނުން ޝޯގެ ޝޫޓިންއަށް ގެނައުމަށްފަހު ގަޑި ދެ ގަޑިއިރު ވަންދެން މަޑުކުރަން ޖެހުން ވެސް މައްސަލައަކަށް ދިމާވިއެވެ.

އަދި ޝޯގައި އޭނާއާއެކު މަސައްކަތް ކުރަމުންދިޔަ ބައެއް ތަރިންނާ މައްސަލަ ޖެހި ޝޯގެ ފޯރި ގެއްލުމުން އެންމެ ފަހުން ސޮނީންވަނީ ޝޯ ހުއްޓާލާފައެވެ. ޝޯ ހުއްޓާލުމާއިއެކު ކަޕިލްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އެގޮތުން ކަޕިލްއަށް މަޝްހޫރުކަން ހޭންޑަލް ކުރަން ނޭގުނީ ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެ ފާޑުކިއުންތަކާއި ކަޕިލް ޑިޕްރެޝަންއަށް ގޮސް އެކަމަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދާފައިވެއެވެ. އޭގެ އިތުރުން މަސް ދުވަހަކަށް ވުރެ ގިނަ ދުވަސް ރިހެބްގައި ހޭދަކުރި ކަމަށް ނޫސްތަކުގައިވެއެވެ.

އެ ހުރިހާ ކަމަކުން ދުރުވެ އޭނާގެ އާ ޝޯއަށް މަސައްކަތް ކުރަމުންދާއިރު ކަޕިލްގެ ހަށިގަނޑަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ވަރަށް ބޮޑަށް ބަރުދަން އިތުރުވެފަައިވާ އޭނާ ވަނީ ބަރުދަން ލުއި ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އޭނާގެ އާ ޝޯގެ ޕްރޮމޯ މިހާރު ދައްކާފައިވީ ނަމަވެސް އެޝޯގައި ބައިވެރިވާ ހުރިހާ ފަންނާނުންގެ ނަންތައް އަދި އިއުލާން ކޮށްފައި ނުވެއެވެ.

ކަޕިލްގެ އާ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި އެމަހަކީ އެނާއަށް ވަރަށް ޚާއްސަ މަހަކަށް ވެގެންދާނެއެވެ. އެގޮތުން ކަޕިލް ކައިވެނިކުރަން ހަމަޖެހިފައިވަނީ ވެސް އެ މަހުގެ 12 ވަނަ ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...