އޮސްޓްރޭލިއާގައި ހޫނުމިން އިތުރުވެ، އަލިފާން ރޯވެދާނެކަމުގެ އިންޒާރު!

އޮސްޓްރޭލިއާގައި ހޫނުމިން އާދަޔާއި ޚިލާފަށް އިތުރުވެ، އަލިފާން ރޯވުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރުދީފިއެވެ. 

ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީގެ މެނޭޖަރ އެންޑްރޫ ވަޓްކިންސް ވިދާޅުވީ، މޫސުމުގެ އެންމެ ފަހުގެ ރެކޯޑްތައް ދައްކާގޮތުން އެ ޤައުމުގެ ހޫނުމިން އާދައިގެ ވަރަށްވުރެ އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، އެ ޤައުމުގެ ދަނޑުވެރިންނަށް ގެއްލުންތައް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހޫނުމިން އިތުރުވުމުގެ ސަބަބުން އަލިފާން ރޯވުމުގެ ނުރައްކާ އޮތްއިރު، އޮސްޓްރޭލިއާގެ ދަނޑުވެރިން ފެނުގެ ދަތިކަންވެސް ތަހައްމަލުކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެޤައުމުގެ އެކި ސަރަހައްދުތަކުގައި ހޫނުމިން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ އަސަރުތައް މިހާރުވެސް އެ ޤައުމުގެ އެކި ހިސާބުތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން އެ ޤައުމުގެ ކުއީންސްލޭނޑް ސްޓޭޓްގައި މިހާރުވެސް ހޫނުމިން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެކަމާއި ގުޅިގެން އެ ސްޓޭޓުގައި ދިރިއުޅެމުން އަންނަ އެތައްހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...