ޕީއެސްވީ ބަލިކޮށް ބާސެލޯނާ ލީގުގެ ދެވަނަ ބުރަށް

ޕީއެސްވީ ބަލިކޮށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފިއެވެ. 

ރޭ ކުޅުނު މެޗުން ބާސާ މޮޅުވެފައިވަނީ ދޭއް އެކެއްގެ ނަތީޖާއިން. މެޗަށްފަހު ބާސާ ވަނީ ގްރޫޕް ބީގެ ތާވަލުން 13 ޕޮއިންޓާއެކު އެއްވަނަ ހޯދާފައެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ޓޮޓެންހަމްއާއި އިންޓަރ މިލާންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ.

ރޭ ކުޅުނު މެޗުން ދެޓީމު މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމަށްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. އެހެންނަމަވެސް ދެވަނަ ހާފް ފަށައިގެން މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން ލިއޮނަލް މެސީ އެވެ.

އެ ލަނޑަށްފަހު ބާސާއަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ 70ވަނަ މިނެޓުގައި ޖެރާޑް ޕީކޭއެވެ. ޕީއެސްވީއަށް އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 82ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކްޑި ޖޮންގް އެވެ. މެޗު ކާމިޔާބުކުރުމަށް ޕީއެސްވީއިން މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެ މެޗުން މޮޅުވުމުން ބާސާގެ ކުޅުންތެރިޔާ މެސީ ބުނީ އޭނާ ދިން ބޯޅައަކުން ޖެރާޑް ޖެހި ލަނޑަކީ ނަސީބުގެ ސަބަބުން ކާމިޔާބުވި ލަނޑެއްކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...