ޔޫރަޕުގެ ގަދަ ބާރުތައް ލީގުގެ ދެވަނަ ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ޔޫރަޕްގެ ގަދަ ބާރުތައް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. 

ރޭގެ މެޗުތަކަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކުރި ޓީމުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީއާއި، ބަޔާން މިއުނިކް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ހިމެނެއެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޔަންގް ބޯއީސްއާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ މަރުއާން ފެލެއިނީއެވެ.

ރޭ މެންޗެސްޓަރ ސިޓީއާއި ލިޔޯން ބައްދަލުކުރި މެޗުން ދެޓީމުވެސް ދޭއް ދޭއްގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. އެހެންނަމަވެސް ލިބިފައިވާ ޕޮއިންޓުގެ އަދަދު ގިނަވުމުގެ ސަބަބުން ދެވަނަ ބުރަށް ގޮސްފައިވަނީ ސިޓީއެވެ.

ރޭ ބަޔާން މިއުނިކްއާއި ބެންފީކާ ބައްދަލުކުރި މެޗުން ބަޔާން މޮޅުވެފައިވަނީ 5-1ގެ ނަތީޖާއިންނެވެ. އޭގެއިތުރުން، ރެއާލް މެޑްރިޑާއި ރޯމާ ކުޅުނު މެޗުން 2-0ގެ ނަތީޖާއިން ރެއާލް މޮޅުވެފައިވާއިރު، ޔުވެންޓަސްއާއި ވެލެންސިއާ ބައްދަލުކުރި މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއިންނެވެ.

ރޭ ކުޅުނު މެޗުތަކުން މޮޅުވި ކްލަބްތަކުގެ އިތުރުން ރޯމާއާއި، އަޔެކްސް ބާސެލޯނާވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...