ޗައިނާގައި ކެމިކަލް ފެކްޓްރީއެއް ގޮވައި 22 މީހުން މަރުވެއްޖެ

ޗައިނާގެ ކެމިކަލް ޕްލާންޓެއް ގޮވައި، 22 މީހުން މަރުވެއްޖެއެވެ. 

ކެމިކަލް ޕްލާންޓު ގޮވާފައިވަނީ، ޗައިނާގެ ނޮދަން ހެބެއި ޕްރވިންސާއި ކަރީގައިވާ އަވަށެއްގައެވެ. އެ ހާދިސާގައި ބާވީސް މީހުން މަރުވެފައިވެއެވެ. އެ ކެމިކަލް ޕްލާންޓް ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ޗައިނާގެ ޓީވީ ޗެނަލްތަކުން ވަނީ ދައްކާފައެވެ. އަދި އެ ގޮވުމުގެ ސަބަބުން އަނދާފައިވާ ކާރުތައް ދައްކުވައިދޭ ފޮޓޯތަކެއްވެސް ވަނީ އާންމުވެފައެވެ.

ކެމިކަލް ޕްލާންޓް ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އެހާދިސާގައި ފަންސާހަށްވުރެ ގިނަ ކާރު އަނދާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން، އެ ސަރަހައްދުގައި ތިިބި ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާކަމަށްވެސް ނޫސްތަކުގައިވެއެވެ. ޗައިނާގެ އޮފިޝަލުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ރޭގެ މެންދަމުގެ ވަގުތުގައި ހެބައި ޝެންހުއާ ކެމިކަލް އިންޑަސްޓްރީން ހިންގާ ލޯޑިން ޑޮކެއްގައި ކަމަށެވެ.

އަދި އެ ހާދިސާ ހިނގި ސަރަހައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް، ތަހުގީގު ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޗައިނާގެ އޮފިޝަލުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...