މީރާއަށް 70 މިލިއަން ރުފިޔާ ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފި

މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއިން މީރާއަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މެގަ މޯލްޑިވްސް އެއަރލައިން ހިންގަމުން އަންނަ މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ.

މެގަ މޯލްޑިވްސްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 70،226،280 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށެވެ.

ދުނިޔޭގެ 13 މަންޒިލަކަށް ދަތުރުކުރި މެގަ މޯލްޑިވްސް ވުޖޫދުވެފައިވަނީ 2010ވަނަ އަހަރުއެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުން މިދިޔަ އަހަރުގެ މެއިމަހު އެ ކުންފުނިވަނީ އުވާލާ އެއަރލައިންގައި ބޭނުންކުރި ތިން ބޯޓު އަނބުރާ ފޮނުވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އެލެކްސް 27 ނޮވެމްބަރު 2018 - 04:43

    މީހަކު ބުނި މެގަ އަކީ މާރިޔާ ދައްތަ ހިއްސާވާ ކުންފުންޏެކޭ ތެދެއްބާ

ގުޅުން ހުރި
Loading...