"ކަނޑު އިބިލީސް" ޕްރިމިއާ ކުރަނީ ޑިސެމްބަރު 05 ގައި!

ދިވެހި ފިލްމު ކަނޑު އިބިލީސް ޑިސެމްބަރު ފަސްވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ކުޑަކުދިންނަށް ޚާއްސަ ކޮށްގެން އިންޑިޕެންޑެންޓް ޒޯނުން އުފައްދާފައިވާ އެ ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. ފިލްމުގެ ޕްރީމިއާ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ބުނީ ކުޅުދުއްފުށީގައި އެފިލްމު ޕްރީމިއާ ކުރި ނަމަވެސް ކުޅުދުއްފުއްޓާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ފިލްމު ދައްކަން ފަށާނެ ކަމަށެވެ. އެ ފިލްމުގައި އޭނާ އާއި އެކު އަހުމަދު ޒިޔާ މުހިއްމު ރޯލަކުން ފެނިގެންދާނެ ކަމަށާއި އެ ފިލްމުގައި އެ ދެތަރިންގެ އިތުރުން ދެން ފެނިގެންދާނީ ކުޅުދުއްފުށީގެ ހުނަރުވެރި އާ ކުދިންތަކެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި އެ ފިލްމު އެންމެ ބޮޑަށް ޚާއްސަ ވެގެންދަނީ އެ ފިލްމުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ފެނިގެންދާނެތީ ކަމަށްވެސް ކޮފީ އިއްސެ ބުނެފައިވެއެވެ. އެއްގަޑިއިރުގެ އެ ފިލްމަކީ ކުޑަކުދިންނާއި ގުޅޭ ކުޑަކުދިންނަށް ޚާއްސަކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެ ފިލްމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އަމިއްލަ ރާގުގެ ލަވައެއް އެކުލަވާލައިފައިވާ ކަމަށް ވެސް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން މީގެ ކުރިން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...