ސިލްވާގެ ލަނޑާއެކު ސެވިއްޔާ ލީގު ތާވަލުގެ އެއްވަނައަށް

ވަލަޑޮލިޑް އަތުން މޮޅުވެ، ސެވިއްޔާ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
 
ރޭ ކުޅުނު މެޗުން ސެވިއްޔާ މޮޅުވެފައިވަނީ އެކެއް ސުމެއްގެ ނަތީޖާއިން. އެޓީމަށް އެ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30ވަނަ މިނެޓުގައި އަންދްރޭ ސިލްވާ އެވެ.

ސެވިއްޔާގެ އެ މޮޅާއެކު ތާވަލުގެ އެއްވަނަ އެޓީމަށް ލިބިފައިވަނީ 26 ޕޮއިންޓާއެކު. ތާވަލުގެ ދެވަނައިގައި 25 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. އަދި 24 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ.

ބާސެލޯނާ ދަށަށް ޖައްސާލައި، ސެވިއްޔާ ލީގު ތާވަލުން އެއްވަނަ ހޯދާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުންނެވެ.

މެޗުން މޮޅުވުމުން ސެވިއްޔާގެ ކޯޗު ޕަބްލޯ މަޗިން ބުނީ ތާވަލުގެ އެއްވަނައަށް އަރާނެކަމަށް އެއްވެސް ބަޔަކު އުއްމީދު ނުކުރާކަމަށް. ނަމަވެސް އެ ޓީމަށް ލިބިފައިވާ ޕޮއިންޓަކީ ޙައްޤު ޕޮއިންޓުތަކެއް ކަމަށާއި އެ މަޤާމު ދިފާއު ކުރަން މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...