ސްރީލަންކާގެ ބޮޑުވަޒީރަށް އެޤައުމުގެ މަޖިލީހުގެ މުހިންމު ކޮމިޓީއެއްގެ އަޣްލަބިއްޔަތު ގެއްލިއްޖެ

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއަށް ލަންކާގެ ޕާލަމަންޓްގެ މުހިންމު ކޮމެޓީއެއްގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.

އެ ޤައުމުގެ މަޖިލިހުގެ ޕާލިމަންޓް އެޖެންޑާކުރާ ކޮމެޓީގެ އަޣުލަބިއްޔަތު ރާޖަ ޕަކްސާއަށް ގެއްލިފައިވާއިރު، އެ ކޮމެޓީގެ ތާއިދު މިހާރު ހޯދާފައިވަނީ ރާޖަޕަކްސާ އާއި އެންމެ ވާދަވެރި އަދި އިދިކޮޅު ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްއަށް ތާއިދުކުރާ ފަރާތްތަކުންނެވެ.

ރައީސް ސިރިސޭނާ ރަނިލް މަޤާމުން ދުރުކުރުމަށްފަހު ރާޖަޕަކްސާ ބޮޑުވަޒީރު ކަމަށް އައްޔަންކުރުމާ އެކު ލަންކާގެ ސިޔާސީ މަޞްރަޙުވަނީ ވަރަށް ހޫނުވެފައެވެ. މިދިޔަ މަހު 26 ވަނަ ދުވަހު ރަނިލް މަޤާމުން ދުރުކުރުމަށްފަހު ރައީސް ސިރިސޭނާ، ރާޖަޕަކްސާ އެމަގާމަށް އައްޔަނުކުރެއްވީވެސް އެ ޤައުމުގެ ޕާލިމަންޓް ވެސް އުވާލުމަށްފަހުގައިކަން ފާހަކުރެވެއެވެ.

މީގެ އިތުރުން މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުންވެސް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. އެ ވޯޓަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް، ޔޫޕީއެފްއޭ ޕާޓީން ބުނީ އެވޯޓު ނަގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.

ސިރިސޭނާ އެގޮތަށް ނިންމަވާފައިވަނިކޮށް، ޤަވާއިދާ ޚިލާފަށް ބޮޑު ވަޒީރުކަމުގެ މަގާމުގައި ދެމިހުންނަވާ ކަމަށް ބުނެ މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް ލަންކާގެ ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ އެޤައުމުގެ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...