އަހަރެން "ސިންގަލް"އެއް ނޫން - އަރްޖުން ކަޕޫރު

އަރްޖުން އަދި މަލައިކާ

އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ލޯބީގެ ވާހަކަޔަކީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުޚީ ތަކުން ޖާހަ ހޯދަމުން ދިޔަ ވާހަކައެކެވެ.

އަރްބާޒް ޚާންގެ ކައިރިން ވަރިވުމަށްފަހު މަލައިކާ އަދި އަރްޖުން ވަނީ އެތައް ފަހަރެއްގެ މަތިން އެކުގައި ފެނިގެން ގޮސްފައެވެ. އަދި ދެތަރިން އެއްގެއެއްގައި ދިރިއުޅެން ފެށި ވާހަކަވެސް އަޑުއިވިގެން ދިޔައެވެ. އެ ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ނޫސްތަކުން ސުވާލު ކުރުމުން ވެސް އެއަށް ދެމީހުން ކުރެ މީހަކު އެދެވޭ ޖަވާބެއް ދީފައިނުވެއެވެ.

އެ ސުވާލުތަކަށް ޖަވާބު ނުދިން ނަމަވެސް ކޮފީ ވިތު ކަރަން ގައި އަރްޖުން ކަޕޫރު ވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭ ގޮތުން ވާހަކަދައްކާފައެވެ.އެގޮތުން އޭނާގެ އެއްބަފާ ކޮއްކޮ ޖާންވީ އާއި ދެމީހުން ބައިވެރިވި އެޝޯގައި ކަރަން ވަނީ އަރްޖުން ސިންގަލްތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ސިންގަލް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. ކޮފީ ވިތު ކަރަންގެ އެ އެޕިސޯޑް އަދި އޮން އެއާރ ކޮށްފައި ނުވުމާއެކު އޭގެ ތަފްސީލެއް އިންޑިއާގެ ނޫސްތަކުގައިވެސް ޝާއިއު ކޮށްފައި ނުވެއެވެ.

ކޮފީ ވިތު ކަރަންގެ އެޝޯގައި އަރްޖުން ކަޕޫރުގެ ދިރިއުޅާއި ގުޅޭ އެތައް ވާހަކަތަކެއް އެނގިގެންދާއިރު، އޭނާގެ އެއްބަފާ ކޮއްކޮ ޖާންވީ ދެމީހުންގެ މެދުގައި އޮންނަ ގުޅުން ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...