"ކިރާއިއެކު ދޮންކެޔޮ ކެއުމަކީ ރަނގަޅު ކަމެއް ނޫން"

ކިރާއިއެކުގައި ދޮންކެޔޮ ކެއުމަކީ، ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އަދި މިލްކްޝޭކް ނުވަތަ ސްމޫތީއެއް ތައްޔާރު ކުރާނަމަ، އެދެބާވަތް ހިމަނާ މީހުންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން، އެއީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެކެވެ. ކިރާއިއެކު ދޮންކެޔޮ ކެއުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫން ކަމަށް ޑައިޓިޝަނުން ދަނީ ބުނަމުންނެވެ. ދޮންކޭލަކީވެސް، އަދި ކިރަކީވެސް ނުހަނު ފައިދާ ހުރި ދެބާވަތެވެ. އެހެންނަމަވެސް އެދެބާވަތް އެކީގައި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ދުނިޔޭގެ މަޝްހޫރު ސިއްހީ މާހިރުން މިހާރު މިވަނީ ބުނަން ފަށާފައެވެ.

"ކިރާއި އެކު ދޮންކެޔޮ ކެއުމަކީ އެދެވިގެންވާ ކަމެއް ނޫން. އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެއް. ހަޖަމު ކުރުމުގެ ނިޒާމަށާއި، ނިދުމަށް ހުރަސް އަޅާ ކަމެއް. ރަނގަޅީ ކިރުތައްޓެއް ބުއިމަށްފަހު ވިއްސަކަށް މިނެޓު ފަހުން ދޮންކެޔޮ ކެއުން" ކެއާ ފޮރ ލައިފްގެ ޑައިޓީޝަން ހަރިޝް ކުމާރު ބުންޏެވެ.

ކިރުގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި މިނެރަލް އެކުލެވިގެންވެއެވެ. އޭގެތެރޭގައި ކެލްސިއަމް، ވިޓަމިން ބީ12، އަދި ރިބޯފްލެވިންވެސް ހިމެނެއެވެ. ކިރުގައި ވިޓަމިން ސީއާއި، ޑައިޓްރީ ފައިބަރ، އަދި ކާބޯހައިޑްރޭޓެއް ނުހިމެނެއެވެ.

އެހެންނަމަވެސް ދޮންކޭލުގައި ހިމެނެނީ އެހެން މާއްދާތަކެކެވެ. އޭގެތެރޭގައި، ވިޓަމިން ބީ ސިކްސް، ވިޓަމިން ސީ، ޑައިޓްރީ ފައިބަރ، ޕޮޓޭސިއަމް އަދި ބަޔޮޓިންވެސް ހިމެނެއެވެ. އެހެންކަމުން، ކިރާއި ދޮންކޭލުގައި މި ހިމެނެނީ މުޅިން ތަފާތު މާއްދާތަކެވެ. މިސާލަކަށް، ދޮންކޭލުގައި ޑައިޓްރީ ފައިބަރ ހުރެއެވެ. ކިރުގައި އެމާއްދާއެއް ނުހިމެނެއެވެ.

އެހެންކަމުން ކިރާއިއެކު ދޮންކެޔޮ ކެއުމުން ހަޖަމު ކުރުމުގެ ނިޒާމުގައި މައްސަލަ ޖެހެން މެދުވެރިވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އަދި އެކެއުން ކާނަމަ، ސައިނަސް ޖެހުމަށްވެސް މަގުފަހި ކުރުވާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އޭގެއިތުރުން ހޮޑުލެވުމާއި އެކު ބޭރަށް ހިންގުން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ފަހުގެ ދިރާސާތަކުން ދައްކައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ރާފަޅާ 24 ނޮވެމްބަރު 2018 - 16:31

    ބާގާއާއި ސަބްމެރިން ކެއުން ރަނގަޅުވީމަތަ އެވާހަކަ ނުލިޔުނީ. ސާބަސް ކުދިންނޭ ކަލޭމެންނަށް

  2. ްސައެދު 24 ނޮވެމްބަރު 2018 - 09:03

    ލޮލް

ގުޅުން ހުރި
Loading...