ވެގެންވާނަމަ ދިރިއުޅޭނީ ރާއްޖޭގައި- ޝިލްޕާ

ޝިލްޕާ މީގެ ކުރިން ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް.

ޝިލްޕާ ޝެޓީގެ ކައިވެންޏަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށް ފިރިމީހާ ރާޖް ކުންދުރާއާއިއެކު، އޭނާ މިވަގުތު ހުރީ ރާއްޖޭގައެވެ.

ކަނުހުރާ މޯލްޑިވްސް ރިޒޯޓްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޝިލްޕާ ވަނީ، ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި އޭނާއަށް ވެގެންވާނަމަ، މުޅި އުމުރަށްވެސް ރާއްޖޭގައި އުޅެން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝިލްޕާގެ ރަސްމީ އިންސްޓެގްރާމް އެކައުންޓްގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯތަކެއްވެސް ވަނީ ހިއްސާ ކޮށްފައެވެ. އެފޮޓޯތަކަށް ކޮމެންޓް ކުރި މީހުންވެސް ވަނީ ރާއްޖެ އައިސް، ރާއްޖޭގެ ރީތިކަން ހަމަލޮލުން ދެކިލަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޝިލްޕާގެ އިންސްޓެގްރާމް ޕޯސްޓެއް.

ޝިލްޕާ އޭނާގެ ކައިވެނީގެ ނުވަ ވަނަ އެނިވާސަރީ ފާހަގަ ކުރަމުން އަންނައިރު، އޭނާ ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. ޝިލްޕާއާއި އޭނާގެ ފިރިމީހާގެ ކުޑަ ފިރިހެން ދަރިއަކުވެސް ހުރެއެވެ. 2012 ވަނަ އަހަރު އުފަންވި އެކުއްޖާއަށް ކިޔަނީ ވިއާންއެވެ.

ޝިލްޕާ ވަނީ އޭނާގެ ފިރިމީހާއާއި އެކުގައި މީގެ ކުރިންވެސް ރާއްޖެ އައިސްފައެވެ. އެފަހަރު އެދެމީހުން ތިބީ ތާޖް އެގްޒޮޓިކާ ރިސޯޓްގައެވެ. ޝިލްޕާ އާއި އޭނާގެ ފިރިމީހާ އޭރު ރާއްޖެ އައީ، ރާޖްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ތަހުތަ 23 ނޮވެމްބަރު 2018 - 21:09

    މިކޮޅުންކުއްޖަކުހޯދާންވީނުދޯދޯދޯ

ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...