ޑްރޮގްބާ ރިޓަޔަރ ކޮށްފި

ޗެލްސީގެ ކުޅުންތެރިޔާ، ޑިޑިއޭ ޑްރޮގްބާ ފުޓުބޯޅައިން ރިޓަޔަރ ވެއްޖެކަން ހާމަކޮށްފިއެވެ.

ބީބީސީ ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން ޑްރޮގްބާ ބުނީ އޭނާގެ 20 އަހަރުގެ ފުޓްބޯޅަ ކެރިއަރ ދޫކޮށްލާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އަލަށް އަރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ބުންޏެވެ.

40 އަހަރުގެ ޑްރޮގްބާ ފުޓްބޯޅައިން ރިޓަޔަރ ވެފައިވާއިރު، އޭނާ ވަނީ މިހާތަނަށް ޗެލްސީއަށް 381 މެޗުން 164 ލަނޑު ކާމިޔާބުކޮށްދީފައެވެ. ޗެލްސީއާއެކު އޭނާ ވަނީ ހަތަރު ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކޮށް 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑްރޮގްބާ ވަނީ އޭނާގެ 20 އަހަރު ދުވަހުގެ ކެރިއަރުގައި 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް، އަދި 2009 ވަނަ އަހަރުން، 2010 ވަނަ އަހަރަށް ޕްރިމިއަރ ލީގުގެ ރަން ބޫޓުވެސް ހާސިލްކޮށްފައެވެ.

އޭނާ ބީބީސީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ފުޓްބޯޅައިން ރިޓަޔަރ ވާއިރު، އޭނާގެ ކެރިއަރުގައި ވަރަށް ގިނަ ކަންތައްތައް ދަސްވެފައިވާ ކަމަށެވެ. އަދި ބޭނުމަކީ ފުޓްބޯޅަ ކުޅޭ ގިނަ އަދަދެއްގެ އައު ކުޅުންތެރިން ފެނިގެން ދިއުން ކަމަށްވެސް ޑްރޮގްބާ ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...