ސިއްދީގަށް ދިން ހަމަލާއަށް މިނިސްޓަރ މަހުލޫފު ތަރުހީބު ދެއްވައިފި

މިނިސްޓަރ މަހުލޫމު ސްމިތް އާއެކު. ފޮޓޯ: ވަގުތު އިމޭޖަސް

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް، އެމްޑީޕީގެ އެކްޓިވިސްޓަކު ދިން ހަމަލާއަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ތަރުހީބު ދެއްވައިފިއެވެ.

ކްރިމިނިލް ކޯޓު ސަރަހައްދުގައި ސިއްދީގު ހުންނަވަނިކޮށް އެމްޑީޕީ އެކްޓިވިސް، އަލީ ޙާޝިމް، ނުވަތަ ސުމިތް އޭނާއަށް ދިން ހަމަލާއާއި ގުޅިގެން، ކްރިމިނަލް ކޯޓަށް ސުމިތު ހާޒިރުކޮށް އޭނާގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ. ޔޫތު މިނިސްޓަރ މަހުލޫފުވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާ ޓްވީޓެއް ކުރައްވާފައެވެ.

ސުމިތާއެކު މިނިސްޓަރ އަތާ އަތް ޖޯޑުކޮށްގެން ހުންނެވި އެ ފޮޓޯއާއެކު، ސުމިތު ދޫކޮށްލުމަށް މިނިސްޓަރ މަހުލޫފު ވަނީ ގޮވާލައްވާފައެވެ. އެ މާރާމާރީ ހިނގި ވަގުތު މަހްލޫފު އެ ސަރަހައްދަށް ހާޒިރުވެ ހުންނެވި ކަމަށާއި، ނަމަވެސް ސިއްދީގުގެ ދިފާޢުގައި އެމަނިކުފާނު އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާކަމަށް މަންޒަރު ބަލަން އެ ސަރަހައްދުގައި ހުރި މީހަކު ޗެނެލް 13 އަށް ކަށަވަރުކޮށްދީފައިވެއެވެ.

މަހުލޫފުގެ އިތުރުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ސުމިތް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުވާކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ، ވަކި ފިކުރަކަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް މިއަދު ފެނިގެން ދަނީ އެމަނިކުފާނުގެ ސަރުކާރަށް ނިސްބަތްވެވަޑާއިގަންނަވާ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މާރާމާރީ އާއި ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭފަދަ ގޮވާލުންތައް ގޮވާލައްވަމުން ގެންދާ މަންޒަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...