ސިޑްނީއަށް ހިރަފުހުގެ ތޫފާނެއް އަރައިފި

އޮސްޓްރޭލިއާގެ ސިޑްނީއަށް ހިރަފުހުގެ ތޫފާނެއް އަރައިފިއެވެ.

އެތޫފާނާއި ގުޅިގެން ސިޑްނީގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެސިޓީގައި ދިރިއުޅޭ މީހުންގެ ރައްކާތެރި ކަމަށްޓަކައި ގެއިން ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް އަންގާފައެވެ.

އެގޮތުން ބޭރުގައި އުޅޭނަމަ، ނޭވާލުމުގެ ނިޒާމަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އަންގާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ސިޑްނީގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ސިޑްނީގެ އިތުރުން އޮސްޓްރޭލިއާގެ އެހެން ސިޓީތަކަށްވެސް ހިރަފުހުގެ ތޫފާން ވަނީ އަރާފައެވެ. އެގޮތުން ކެންބެރާއަށްވެސް އެތޫފާން އަރާފައިވެއެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް އޮސްޓްރޭލިއާއަށް އެރި މިފަދަ އެންމެ ނުރައްކާތެރި ތޫފާނަށް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެފަދަ ތޫފާނެއް 2009 ވަނަ އަހަރުވެސް އެގައުމަށް ވަނީ އަރާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...