ދީޕިކާގެ ކަރުގައި ޖެހި ޓެޓޫ ފޮހެލީބާ؟

ދީޕިކާއާއި ރަންވީރުގެ ކައިވެނީގެ ވާހަކަތަަކީ އެންމެ ގިނައިން މިހާރު ދެކެވޭ ވާހަކަތަކެކެވެ. އެގޮތުން އެވާހަކަތައް އޮނބިގެން ނުދަނީސް ފެނިގެންދިޔައީ ދީޕިކާގެ ކަރުގައި ޖަހާފައިހުރި ޓެޓޫ ފޮހެލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކެވެ.

އެވާހަކަތައް ދެކެވެން ފަށާވައިވަނީ ވައިރަލްވެފައިވާ ފޮޓޯއެއްގައި ދީޕިކާގެ ކަރުގައިވާ ޓެޓޫ ނެތުމުގެ ސަބަބުންނެވެ. އެއާ ގުޅިގެން ނޫސްތަކުގައި އެކިގޮތްގޮތަށް ވާހަކަ ދެކެވިގެންދާއިރު ގިނަ ބަޔަކު ވަނީ ދީޕިކާ އެ ޓެޓޫ ފޮރުވާފައިވަނީ މޭކަޕުންތޯ ސުވާލުކޮށްފައެވެ. އަދި ބައެއް މީހުން ބުނެފައިވާ ގޮތުގައި ދީޕިކާ ވަނީ އޭނާގެ ކައިވެންޏަށް އެ ޓެޓޫ ފޮހެލާފައެވެ.

ދީޕިކާގެ ކަރުގައިވާ އެޓެޓޫ އަކީ އޭނާ ރަންބީރު ކަޕޫރާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ޖަހާފައިވާ ޓެޓޫއެކެވެ. އެޓެޓޫގައި ފެނިގެންދަނީ ރަންބީރު ކަޕޫރުގެ ނަމުގެ ފަށާ ދެ އަކުރު ކަމުގައިވާ "އާރް ކޭ"އެވެ.

ދީޕިކާ ކައިވެންޏަށްފަހު އެޓެޓޫ ނެތް ފޮޓޯއެއް އާންމުވެފައިވާއިރު، މީގެ ކުރިން އޭނާ ކުޅުނު ބައެއް ފިލްމުތަކުގައި ވަނީ މޭކަޕް ބޭނުން ކޮށްގެން އެޓެޓޫ ނުފެންނަ ގޮތް ހަދާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމް ރޭސް2ގެ ސީންއަކާއި، ކޮކާ ކޯލާ އިސްތިހާރެއްގެ އިތުރުން ފެޝަން ޝޯއެއްގެ ފެނިލުން ހިމެނެއެވެ.

ދީޕިކާގެ ޓެޓޫއާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވާއިރު، އެކަމާއި ގުޅިގެން އެއްވެސް ބަހެއް އޭނާ ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...