އަންނަ އަހަރު ބޮލީވުޑްގެ އެންމެ "ބިޒީ" ތަރިއަކީ އާލިއާ

އާލިއާ ބަޓް

އާލިއާ ބަޓްއަކީ އުމުރުން ހަގު ނަމަވެސް ބޮލީވުޑްގެ އެންމެ މަޝްހޫރުތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. މިހާތަނަށް އައިއިރު އޭނާގެ ކުޅަދާނަކަން ބެލުންތެރިންނާއި ހަމަޔަށް އެތައް ފިލްމަކުން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އޭނާގެ ފިލްމަކަށް މިއަހަރު ރިލީޒް ވެފައިވަނީ އެންމެ ފިލްމެކެވެ. އެއީ ރާޒީއެވެ. ރާޒީ އަކީ ވެސް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި ފިލްމެކެވެ.

މިއަހަރު އާލިއާގެ އެންމެ ފިލްމެއް ރިލީޒްވެފައިވާތީ ބައެއް ނޫސްތަކުން އޭނާއަށް ފާޑުކިޔާފައިވެސް ވެެއެވެ. އެގޮތުން އާލިއާގެ ފިލްމީ ކެރިއަރު ނިމުނީތޯވެސް ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް އަންނަ އަހަރުގެ ބޮލީވުޑް ކަލަންޑަރު ބަލާލާއިރު އެންމެ ގިނައީ އާލިއާގެ ފިލްމުތަކެވެ އެގޮތުން އޭނާގެ ހަތަރު ފިލްމެއް އަންނަ އަހަރުގައި ރިލީޒް ވާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ "ގަލީ ބޯއީ" "ކަލަންކް" "ސަޅަކް2" އަދި "ބްރާމްސްތްރާ" ހިމެނެއެވެ. މިފިލް ތަކުގެ ތެރެއިން ބައެއް ފިލްމުތަކުގެ މަސައްކަތް މިހާރު ވެސް އާލިއާ ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި "ގަލީ ބޯއި" "ބްރާމްސްތްރާ"ހިމެނެއެވެ. އާލިއާގެ ދައްތަ ޕޫޖާ ބަޓް އެފިލްމުން ފެނިގެންދިޔަ "ސަޅަކްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މިފިލްމުތަކާއި އެކު އަންނަ އަހަރު ބޮލީވުޑްގައި އެންމެ ވިދާލާނެ ތަރިއަށް އާލިއާ ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...