އޭޝިއަން ކުރިކެޓް ކައުންސިލް ބޯޑަށް ރާއްޖެ އިންތިޚާބުވެއްޖެ

އޭޝިއަން ކުރިކެޓް ކައުންސިލުގެ ބޯޑަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ.

ޗެނަލް 13 އަށް މައުލޫމާތުދެއްވަމުން ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ، ރާއްޖެ އިންތިހާބުވެފައިވަނީ އޭޝިއަން ކްރިކެޓް ކައުންސިލުގެ ފުލް މެމްބަރ ބޯޑުން ކަމަށެވެ. ފުލް މެމްބަރުންގެ ބޯޑުގައި 8 ޤައުމެއް ހިމެނެއެވެ.

އެ ޤައުމުތަކުގެ ތެރޭގައި މިހާރު ރާއްޖެވެސް ވަނީ ހިމެނިގެން ގޮސްފައެވެ. އަފްލާހް ވިދާޅުވީ، ރާއްޖެ އެ މަގާމަށް އިންތިހާބުވީ، ގަތަރާއި ވާދަ ކޮށްގެން ފުރިހަމަ އަޣްލަބިއްޔަތުން ވޯޓު ކާމިޔާބު ކޮށްގެން ކަމަށެވެ.

އޭސީސީގެ ބޯޑުގައި އަލަށް ރާއްޖެ ގޮނޑިއެއް ކަށަވަރުކޮށްފައިވާއިރު، ރާއްޖެއަށް އެ ގޮނޑި ކަށަވަރުވެފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަފްލާހް ވަނީ މިއީ ރާއްޖެއަށް ލިބުނު ނުހަނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ ސިފަކުރައްވާފައެވެ.

އަދި އެއީ ރާއްޖެއިން ކްރިކެޓުގެ ދުނިޔޭގައި ހޯދަމުން އަންނަ ކާމިޔާބުގެ ބޮޅުތަކުގެ ތެރެއަށް އިތުރުވެގެން ދިޔަ ބޮޅެއްކަން އަފްލާހު ފާހަގަކުރެއްވިއެވެ. އޭޝިއަން ކުރިކެޓް ކައުންސިލުގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިބެނީ ޓެސްޓް ޕްލެއިން 5 ޤައުމަކާއި، ނޮން ޓެސްޓް ޕްލެއިންގް 2 ޤައުމެކެވެ.

އަދި އެފީލިއޭޓެޑް މެމްބަރު ޤައުމެކެވެ. ރާއްޖެއަށް ލިބިފައިވަނީ އެފީލިއޭޓެޑް މެމްބަރުންގެ ގޮނޑި. އަފްލާހް ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...