އާފަލުން ތިޔަ ހީކުރާވަރަށް ވުރެ ގިނަ ފައިދާ ލިބޭ

އާފަލަކީ އަނގަޔަށް މީރު މޭވާއެކެވެ. ރާއްޖޭގައި އާފަލު ނުހެއްދޭ ނަމަވެސް، އަގުހެޔޮކޮށް ބާޒާރުން ގަންނަންވެސް ލިބެން ހުރެއެވެ.  އާފަލު ކެއުމަކީ ސިއްޙަތަށް ވަރަށް ފައިދާހުރި ކަމެއްކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެންނަމަވެސް، އާފަލުން ލިބެނީ ކޮން ފައިދާތަކެއްކަން ބުނަން އެނގޭ މީހަކު މަދުވާނެއެވެ.

ދުވާލަކު އެއްފަހަރު އާފަލެއް ކާނަމަ، ޑޮކްޓަރަށް ދައްކަން ޖެހޭލެއް މަދުވާނެ ކަމަށް ބުނަނީވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިބަލާލަނީ އާފަލުން ލިބޭ ބައެއް ފައިދާތަކަށެވެ.

ބަރުދަން ލުއިކުރުން: 

އާފަލަކީ ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކާމިޔާބު ކުރުމަށް އެހީތެރިވެދޭނެ މޭވާއެކެވެ. ކެއުމުގެ ކުރިން އާފަލެއް ކައިފިނަމަ، ބަނޑު ފުރުނު ކަމުގެ އިހްސާސް ކުރެވި ކެވޭމިންވަރު މަދުވެގެންދާނެ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.

ހިތުގެ ބަލިތަކުން ސަލާމަތް ކޮށްދިނުން:

އާފަލަކީ ހިތުގެ ބަލިތަކަށް ހުރި ފަރުވާއެކެވެ. އާފަލުގައި ސޮލިއުބަލް ފައިބަރ އެކުލެވިގެން ވެއެވެ. މިމާއްދާ އަކީ ލޭގައި ހުންނަ ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދޭ އެއްޗެކެވެ.

ހަކުރު ބަލިން ދުރުކޮށްދިނުން:

އާދަކޮށް އާފަލު ކެއުމުން ޓައިޕް2 ޑައެބެޓިކް ޖެހުމުން ދުރުކޮށްދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އާފަލެއް ކާމީހަކު ޓައިޕް 2 ޑައިބެޓިކް ޖެހުމާއި 28 ޕަސެންޓް ދުރުކޮށްދެއެވެ. އަދި ހަފްތާއަކު އެއްފަހަރު އާފަލެއް ކެއުމަކީވެސް ހަކުރު ބައްޔާއި ދުރުކޮށްދޭނެ ކަމެކެވެ.

ކެންސަރު ޖެހުމުން ދުރުކޮށްދިނުން: 

އާއްމުކޮށް އާފަލު ކާ މީހުން ކެންސަރުބަލިން ދުރުކޮށްދޭ ކަމަށް ފަހުގެ ދިރާސާތަކުން ވަނީ ދައްކާފައެވެ.

ދަތްތަކަށްވެސް އާފަލަކީ ފަރުވާއެއް:
 
އާފަލު ކެއުމަކީ ދަތްޕިލަ އާއި ހިރުގަނޑު ރީތި ކޮށްދޭ ކަމެކެވެ. އަދި މީގެ އިތުރުން ދަތްތައް ފަނިކެއުމުންވެސް ދުރުކޮށްދޭނެއެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ: 

ލޯ އަލި ކުރުމަށް އާފަލަކީ ކެއުން އެންމެ އެކަށީގެންވާ މޭވާއެކެވެ. އާފަލު ކެއުމުން ލޯ އަލި ކޮށްދެނީ އާފަލުގައި އެކުލެވިގެންވާ ފްލެވޮނިއިޑް ކޮމްޕޯނެންޓް އަދި އެންޓިއޮކްސިޑެންޓް ފައިޓޯނިއުޓްރިއެންޓްގެ ސަބަބުންނެވެ.

ގައިގެ ހަން ރީތި ކޮށްދިނުން: 

ޒުވާންކަންމަތީ ދެމިހުރުމަށްޓަކައި ގައިގެ ހަން ރީތިކޮށް ބެހެއްޓުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. އާފަލު ކެއުމުން ގައިގެ ހަން ޒުވާންކަން މަތީގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އާފަލުގެ އޮށަކީވެސް ރީތިވާ ސާމާނު އުފެއްދުމަށްޓަކައި ވަަރަށް ގިނައިން ކޮސްމެޓިކް އިންޑަސްޓްރީ ތަކުން ބޭނުންކުރާ އެއްޗެކެވެ.

އާފަލަކީ ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއަކަށްވާއިރު، އާފަލަކީ ގަހުން ބިންނަ ގޮތަށް ނުވަތަ ފިހާރައަކުން ގަންނަ ގޮތަށްވެސް ކާލެވިދާނެ އެއްޗެކެވެ. ރޯކޮށް އާފަލު ކަމުނުދާނަމަ ސެލަޑެއް ތައްޔާރުކޮށްލެވިދާނެއެވެ. ނޫނީ ޑެޒާޓެއްގައި ބޭނުން ކުރެވިދާނެއެވެ. މިއަށްވުރެވެސް ލުއިކޮށްލަން ބޭނުން ނަމަ އާފަލު ޖޫސްތައްޓެއް ތައްޔާރުކޮށްލެވިދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...