ކްރޮއޭޝިއާ ބަލިކޮށް އިންގްލޭންޑް ސެމީއަށް

ކްރޮއޭޝިއާ ބަލިކޮށް، ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ. 

ޔޫއެފާ ނޭޝަންސް ލީގުގައި، ރޭ ކްރޮއޭޝިއާ އާއި އިންގްލޭންޑް ބައްދަލު ކުރި މެޗުން ކްރޮއޭޝިއާ ބަލިކޮށްފައިވަނީ ދޭއް އެކެއްގެ ނަތީޖާއިންނެވެ. ރޭގެ މެޗަށްފަހު އިންގްލޭންޑް ސެމީއަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭ ޑީގެ ތާވަލުން ހަތް ޕޮއިންޓާއިއެކު އެއްވަނަ ހޯދައިގެންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންނަަވެސް، ދެވަނަ ހާފްގައި ކްރޮއޭޝިއާގެ ކުޅުންތެރިޔާ ކްރަމަރިޗް ޖެހި ލަނޑާއެކު، އެޓީމުން ވަނީ ލީޑު ނަގާފައެވެ.

ނަމަވެސް މެޗުގެ 78ވަނަ މިނެޓުގައި ޖެސީ ލިންގާޑް ވަނީ އިންގްލޭންޑަށް ލަނޑު ކާމިޔާބުކޮށްދީ ދެ ޓީމު އެއްވަރުކޮށްފައެވެ. ރޭގެ މެޗުން އިންގްލޭންޑް ކުރި ހޯދައި ކްރޮއޭޝިއާ ބަލިކޮށްފައިވަނީ މެޗުގެ 85ވަނަ މިނެޓުގައި ކޭން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖްތަކުގެ ގިނަ މެޗުތައް ކުޅެފައިވާއިރު، މިހާތަނަށް ސެމީއަށް ދަތުރުކޮށްފައިވަނީ އިންގްލޭންޑާއި، ޕޯޗުގަލް އަދި ސްވިޒަލޭންޑް އެވެ. ސެމީގެ ފަހު ޖާގައަށް ވާދަކުރަމުން ދަނީ ފްރާންސާއި ނެދަރލޭންޑްސް އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...