ނޭހާއަށް އަންހެން ކުއްޖަކު ލިބިއްޖެ

ނޭހާ އަދި އަންގަދު

ބޮލީވުޑުގެ ތަރި ނޭހާ ދޫޕިޔާގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިއްޖެ.


ނޭހާ ދޫޕިޔާ އަދި އަންގަދު ބޭދީއަށް އަންހެން ކުއްޖަކު ލިބިފައިވާކަން އިއުލާންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނޭހާ ވިހާފައިވަނީ މިއަަދު ހެދުނު އެގާރަ ޖަހާ އެހާކަން ހާއިރުގައި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި މަންމަޔާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

ނޭހާ އަދި އަންގަދު ކައިވެނިކޮށްފައިވަނީ މިއަހަރުގެ މެއިމަހުގައެވެ. ކައިވެނި ކުރިތާ މާގިނަދުވަހެއް ނުވަނީސް ނޭހާ ބަނޑުބޮޑުކަން އިއުލާންކޮށްފައިވާއިރު ގިނަ ބަޔަކު ދިޔައީ އޭނާއަށް ފާޑުކިއުން އަމާޒުކުރަމުންނެވެ.އެގޮތުން ގިނަ ބަޔަކުވަނީ އޭނާ ބަނޑުބޮޑު ވެފައިވަނީ ކައިވެނީގެ ކުރިން ކަމަށް ބުނެފައެވެ.

ނޭހާ ވަނީ އޭނާ ބަނޑު ބޮޑު ދުވަސްވަރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ޝޯ، ނޯފިލްޓަރ ނޭހާގެ ޝޯއެއް ފާއިތުވުި ހަފްތާގައިވެސް ގެނެސްދީފައެވެ. އޭގެ އިތުރުން އޭނާ ވަނީ އެތައް ފެޝަން ޝޯއެއްގައިވެސް ބައިވެރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...