ޗައިނާގެ 3 މަނަވަރު ރާއްޖެއިން ފުރައިފި

މިދިޔަ އާދިއްތަ ދުވަހު ޗައިނާއިން ރާއްޖެއައި މަނަވަރުތަކުގެ ތެރެއިން މަނަވަރެއް: 3 މަނަވަރުވެސް މިހާރު ވަނީ ފުރާފައި

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައި ޗައިނާގެ 3 މަނަވަރު މިއަދު ފުރައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އައިސްފައިވަނީ ޗައިނީސް ނޭވީގެ 3 މަނަވަރެވެ. އެއީ، ޗޭން ޗަން އާއި ޖިންގް ޒޫ އަދި ޗައޮ ހޫއެވެ.

މި 3 މަނަވަރު މިއަދު ހެނދުނު ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 
 
އެމްއެންޑީއެފުން ބުނި ގޮތުގައި ތިން މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތައް ބޭއްވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ގިރުފުށީ ޓްރެއިނިން ސެންޓަރާއި އެމްއެންޑީއެފްގެ ބައެއް ސަރަހައްދުތަކުގެ މަރުކަޒުތަކަށް ޗައިނާގެ މަނަވަރުތަކުގެ މީހުން ޒިޔާރަތް ކުރިއެވެ.

ރާއްޖެ އައި ޗައިނާގެ ތިން މަނަވަރު ފުރިއިރު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ޗައިނާއިން އަންނަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުންނެވެ.

ޚާއްސަކޮށް ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާއިން އަންނަނީ ރާއްޖެއަށް އެކި ގޮތް ގޮތުން އެހީވަމުންނެވެ.

ޗައިނާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ އެންމެ ޚާއްސަ މަޝްރޫއަކީ ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖްގެ މަޝްރޫއުއެވެ.

އެކުވެރިކަމުގެ ދަތުރެއްގައި އިންޑިއާގެ ކޯސްޓް ގާޑުގެ ވަފުދެއް ވެސް ރާއްޖެއަށް ވަނީ އައިސްފައެވެ.

ރާއްޖެ އައީ އިންޑިއާގެ ކޯސްޓްގާޑު އެއާ ކްރާފްޓްގެ 6 މީހުންގެ ވަފުދެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...