ނެދަލޭންޑް އަތުން ފްރާންސް ބަލިވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސްއާއި ނެދަލޭންޑް ބައްދަލު ކުރި މެޗުން ނެދަލޭންޑް މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ނެދަލޭންޑް މޮޅުވެފައިވަނީ 2-0ގެ ނަތީޖާއިންނެވެ. ނެދަލޭންޑަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 44ވަނަ މިނެޓުގައި ޖޯޖީނިއޯ އެވެ. އަދި އިތުރު ވަގުތުގައި މެމްފިސް ޑިޕޭ ވަނީ އެޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ފްރާންސްގެ ކުޅުންތެރިޔާ، ފްރޭންކީ ޑި ޖޮންގް ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ރޭގެ އެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ޗެމްޕިއަންސްގެ ގޮތުގައި އޮތް ފްރާންސްއަށް ވަނީ، އެއްވެސް ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ.

ރޭގެ މެޗަށްފަހު ޔޫއެފާ ނޭޝަންސް ލީގުގެ އޭވަން ގްރޫޕުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު އޮތީ ފްރާންސްއެވެ. ނަމަވެސް ހޯމަ ދުވަހު ނެދަލޭންޑާއި ޖަރުމަނު ބައްދަލު ކުރާ މެޗުން އެއްވަރުވެއްޖެ ނަމަ، ތާވަލުގެ އެއްވަނައަށް ނެދަރލޭންޑް އަރާނެއެވެ. އަދި މެޗުން ނެދަލޭންޑް ބަލިވެއްޖެ ނަމަ، ގްރޫޕް ތާވަލުގެ އެއްވަނައިގައި އޮންނާނީ ފްރާންސް އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ތާވަލުގެ އެއްވަނައަށް ދާ ޓީމުތައް ދެހާސް ވިހިވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯއަށް ކޮލިފައިވާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...