ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ހަރަމްފުޅުގެ ތެރެއިން ފޮޓޯ: އަމީރުލް ހައްޖު މިނިސްޓަރ މުހައްމަދު ސައީދު

ކައުބަތުލްﷲ ގެފުޅުގައި އަޅާ އުރަކޮޅު( ކިސްވާ) ކޮންމެ އަހަރެއްގެ އަރަފާތު ދުވަހު ބަދަލުކުރެއެވެ.

އެގޮތުން މިއަދުވެސް ހައްޖުވެރިން އަރަފާތުގެ ބިމަށް ދިޔުމާއެކު ކަޢުބަތުﷲ ގެފުޅުގައި އައު އުރަކޮޅެއް ވަނީ ލައްވާލާފައެވެ. ގެފުޅުގެ އުރަކޮޅަކީ ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގެ ފަތިހު ބަދަލުކުރާއުރަކޮޅެކެވެ.

ގެފުޅުގެކިސްވާ ބަދަލުކުރުމަކީ ވަރަށް ޒަމާންވީ އިސްލާމީ އާދަކާދަ އެއްގެ ދަށުން ނަބިއްޔުންނާއި ރަސޫލުންގެ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި މިކަން އެންމެ ފުރަތަމަ ފެއްޓެވީ އާދަމްގެ ފާނުގެ ދުވަސްވަރު އެކަލޭގެ ފާނުގެ ފިރިހެން ބޭފުޅުން ކަމަށް ބައެއް ލިޔުންތައް ބުނެއެވެ.


ނަމަވެސް ގިނަ ރިވާޔަތްތައް ބުނާގޮތުން ވަކި އިންތިޒާމެއްގެ ދަށުން މިކަން ކުރަންފަށާފައިވަނީ ސަލާމްލެއްވި އިބްރާހީމްގެ ފާނުގެ ދުވަސްވަރު އެކަލޭގެފާނު މައްކާއަށް ހިޖްކުރެއްވުމުން ދަރިކަލުން އިސްމާއީލްގެ ފާނާ ދެބޭފުޅުންނެވެ. 


ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށްވެސް ބައެއް ހިމެނޭގޮތަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...