ޝާހުއަށް މުޅި ދުނިޔެއިންވެސް އެންމެ ރީތި އަންހެން ކުއްޖަކީ ކާކުކަން އެނގޭތަ؟

ޝާހްރުކްޚާން

ޝާހްރުކްޚާން އަކީ ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭނާ އަކީ ވަރަށް ގިނަ އަަންހެނުންނަށް އެންމެ ކަމުދާ އެކްޓަރުވެސް މެއެވެ. ދާދި ފަހުން ޝާހް މިވަނީ އޭނާއަށް މުޅި ދުނިޔެއިންވެސް އެންމެ ރީތީ ކޮން އަންހެން ކުއްޖެއްކަން ހާމަކޮށްފައެވެ.

ޑެއްލީ ޓައިމްސްއަށް ދިން އިންޓަރވިޔުއެއްގައި ޝާހް ބުނީ އޭނާއަށް އެންމެ ރީތީ، އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން ކަމަށެވެ. އަދި އެއީ ތެދެއް ނޫންކަމަށް އޭނާ ކައިރީގައި އެހެން މީހަކަށް ނުބުނެވޭނެ ކަމަށްވެސް ޝާހް ވަނީ ބުނެފައެވެ. ޝާހް ވަނީ މީގެ ކުރިންވެސް ދަރިފުޅު ސުހާނާއަށްޓަކައި އޭނާގެ ހިތުގައި އޮންނަ ލޯބި، އެކި އިންޓަރވިޔުތަކުގައި ފާޅުކޮށްފައެވެ.

ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން.

އުމުރުން 18 އަހަރުގެ ސުހާނާ ވަރަށް ފަހުން ވަނީ ވޯގް އިންޑިޔާގެ ކަވާގައި ފީޗަރ ކޮށްފައެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން، ގިނަ މީހުން ބުނެފައިވަނީ، ވޯގް އިންޑިޔާގައި ކަވާއިން ޖާގަ ލިބެންޖެހޭ އެއްވެސް ކަމެއް ސުހާނާ ޚާން ކޮށްފައި ނުވާ ކަމަށެވެ.

އެ މެގަޒިންގެ ކަވަރގައި އާންމުކޮށް ހިމަނަނީ ކުރިއަރަމުން އަންނަ މޮޑެލުންނާއި، އެކްޓަރުންނާއި، ލަވަކިޔުންތެރިން ވާއިރު، ސުހާނާ އަކީ އެފަދަ އެއްވެސް ކަމެއް ކުރާ ކުއްޖެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އަދި ކަވަރއިން އޭނާއަށް ޖާގަ ލިބިގެން ދިޔައީ، ޝާހުގެ ނުފޫޒުން ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. ސުހާނާއަށް އެހާބޮޑު ސަމާލު ކަމެއް ލިބެނީ ޝާހުގެ ދަރިފުޅަށް ވާތީ ކަމަށްވެސް ގިނަ މީހުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...