ދިޕިކާއާއި ރަންވީރްގެ ކައިވެނީގެ ފުރަތަމަ ފޮޓޯތައް

ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ، ރަންވީރް ސިންހްއާއި ދިޕިކާ ޕަދުކޯންގެ ކައިވެނީގެ ވާހަކައެވެ.

މިމަހުގެ 14 ވަނަ ދުވަހު އެދެމީހުން ވަނީ އިޓަލީގައި ކައިވެނި ކޮށްފައެވެ. އެހެންނަމަވެސް، އިޓަލީގައި ދެދުވަސް ވަންދެން ކުރިއަށް ގެންދިޔަ ކައިވެނީގެ އެކި ހަފްލާތަކުގައި ބައިވެރިވެފައިވަނީ، ދިޕިކާ އަދި ރަންވީރްގެ އާއިލާގެ މެމްބަރުންނާއި، އެންމެ ގާތް ރަޙްމަތްތެރިން އެކަންޏެވެ.

އެހެންކަމުން އެދެމީހުންގެ ކައިވެނީގެ މާގިނަ ފޮޓޯތަކަކާއި ވީޑިޔޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައެއް ނުވެއެވެ. އާންމުންނަށް ހަމައެކަނި ފެނިފައިވަނީ އެދެތަރިން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ދެ ފޮޓޯ އެކަންޏެވެ.

ދިޕިކާ އާއި ރަންވީރްގެ ކައިވެންޏާއި ގުޅިގެން، ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ އެދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

އެގޮތުން، ރިތިކް ރޯޝަން، އަބީޝެކް ބަޗަން، އާލިއާ ބަޓް، ފަރަޚާން، ޖެކްލިން ފެނާންޑޭޒް، ކަރަން ޖޯހަރު، އަނުޝްކާ ޝަރްމާ އަދި އެހެން ފަންނާނުންވެސް ވަނީ އެދެމީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ދިޕިކާއާއި، ރަންވީރް ރައްޓެހިވެގެން އުޅޭތާ 6 އަހަރު ވަނީ ވެފައެވެ. އެދެމީހުން އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައިވެއެވެ.

އެއީ، ރާމްލީލާ، ބާޖީރާއޯ މަސްތާނީ، އަދި ޕަދުމާވަތުއެވެ. އެތިން ފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ ސަންޖޭ ލީލާ ބަންސާލީއެވެ. ދިޕިކާއާއި ރަންވީރްގެ ކައިވެނީގެ ހަފްލާއެއް މުމްބާއީގައިވެސް ބާއްވަން ހަމަޖެހިފައިވާއިރު، އެހަފްލާއިން ހަމަ ޔަޤީނުންވެސް ބަންސާލީ ފެނިގެންދާނެ ކަމަށް ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...