ކޮންގޯގައި ކިސަޑު ފޭބުމުގެ ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓާރ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ކޮންގޯގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 200 އަށް ވުރެ ގިނަ މީޙުން ވަނީ މަރުވެފައި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ކިސަޑު ފޭބުމުގެ ހާދިސާއާއި ގުޅިގެން ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވުވައިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ މިނިސްޓަރ ޑރ މުހައްމަދު އާސިމް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި އެތައް ބައެއް ގެއްލިފައިވާތީ، އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރޭމަންޑް ޝިބަންޑާ ޓުގަމުލޮންގާ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިވާފައިވާކަމަށެވެ.

މި މެސެޖުގައި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށާއި އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...