އިނގިރޭސި ޕްރީމިއާ ލީގާއި ދިމާކޮށް ރަނިއޭރީ ފުލްހަމްއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ފުލްހަމްގެ ކޯޗަކަށް ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.

އިޓަލީއަށް އުފަން 67 އަހަރު ރަނިއޭރީ ފުލްހަމްގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވިއިރު، އެޓީމު އޮތީ 12 މެޗުން ލިބުނު 5 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ. ފުލްހަމްގެ ކޯޗުކަމަށް ރަނިއޭރީ އައްޔަން ކުރުމަށްފަހު އެޓީމުގެ ޗެއާމަން ޝާހިދު ޚާން ބުނެފައިވަނީ، ރަނިއޭރީ ކަހަލަ ތަޖުރިބާހުރި ކޯޗެއް ފުލްހަމްއަށް ލިބުމުން އުފާ ކުރާ ކަމަށެވެ.

އޭނާ ލެސްޓާއާއެކު ހޯދި ކާމިޔާބަކީ އަކީ މުޅި ދުނިޔެއަށްވެސް ޤަބޫލު ކުރަން ދަތި ކާމިޔާބެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ފުލްހަމްގެ ކޯޗުކަން ރަނިއޭރީ ޤަބޫލުކުރިކަމީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށްވެސް ޝާހިދު ޚާން ވަނީ ބުނެފައެވެ.

ރަނިއޭރީގެ އިރުޝާދުގެ ދަށުން ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރުގެ ސީޒަނުގައި 10 ޕޮއިންޓުގެ ލީޑަކާއެކު ހޯދިއިރު، ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އެ އަހަރު ލިބިފައިވަނީ ވެސް އޭނާ އަށެވެ. އަދި އޭނާ ވަނީ އެ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޟޮެއް 17 ނޮވެމްބަރު 2018 - 03:19

    .މިދެން ކޮންކަމެއް ބުރިޖު ބަންދު ކުރަން ދަނޑު ކުޑަވީތަ އެވަރަކުން ބުރިޖު ބަންދުކުރަނީ މިކުރަނީ އާއްމުންނަށް ދުއްތުރާލެއް ނޫންތަ ބުރިޖު އަޅާތީ ހަޅޭއް ފަޅޭއް ލަވާފަ މިހާރު މިހީވަނީ މިމީހުން ބޭނުންހާ އެއްޗެއް ހަދަން މިމީހުން ހަދައިގެން އުޅޭ ތަނެއްހެން އެހެންވީމާ އެގެނީ ރައީސަ ޔާމީން ކުރެވީ ވަރަށް ބޭނުންތެރި ކަންތައްތައްކަން މިއޮތީ ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅަން ފަށާފާ މުޅި ގައުމުމާ މުޅި ފަޒާގާވެސް ފެތުރިފާ ވަނީ ރައީސް ޔާމީން އިންދެވި ބޮޑެތި ބިޔަ ގަސްގަހާ ގެހީގެ ހިޔލާ މާމެލާ މެލީގެ މީރުވަސް ދެނެއް ލާހިކެއްނޫން މިހިޔަގަނޑާ މި މީރުވަސް މިގައުމުން ފޮހެލާކަށް.

ގުޅުން ހުރި
Loading...