އުރީދޫ ކަލަރ ރަންގެ އެކްސްޕޯ އާދިއްތަ އަދި ހޯމަ ދުވަހު ބާއްވަނީ

ފާއިތުވި އަހަރުގެ އުރީދޫ ކަލަރ ރަންގެ ތެރެއިން

އުރީދޫ ކަލަރ ރަން 2018ގެ އެކްސްޕޯ، މިމަހުގެ 18 އަދި 19 ގައި އާރޓް ގެލަރީގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫ އިން ބުނީ ކަލަރ ރަންގައި ރެޖިސްޓަރ ކޮށްފައިވާ ހުރިހާ ދުވުންތެރިންނަށް އެ އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ގަންނަން ލިބޭނެ ކަމަށެވެ.  ކިޓްތައް ގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރިކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.  އުރިދޫ އިން ބުނީ އައިޑީ ކާޑުގެ ބަދަލުގައި، ޕާސްޕޯޓު ނުވަތަ ލައިސަންސް ވެސް ކާޑު ގަބޫލު ކުރާނެކަމަށެވެ. 

އަދި އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެކްސްޕޯގައި ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދޫއާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ތަފާތު ކުލަތަކާއެކު، އުފާވެރި މާހައުލެއްގައި ބާއްވާ، އުރީދޫގެ ފަސް ކިލޯމީޓަރުގެ އެ ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި، ފޯރިގަދަ މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...