ޖަޒީރާ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ފަށަން ޖެހެނީވެސް އާލާތްތަކާ ނުލާ!

ރައީސުލްޖުމްހޫރިއްޔާ އަބްދޫﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި އިދިކޮޅު ކޯލިޝަނުންނާ އެ ކޯލިޝަނަށް ތާއީދު ކުރައްވާ ބޭބޭފުޅުން ވިދާޅުވަމުން އައީ ދިވެހިރާއްޖޭގައި މިނވަން ނޫސްވެރިކަމެއް ކުރާނެ މާޙައުލެއް ނެތް ކަމަށާ މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުމުގެ މިނވަން ނެތް ކަމަށެވެ.

އެގޮތުން ރައީސް ޔާމިންގެ ސަރުކާރުން ބައެއްފަަހަރު މިޑިޔާތަކަށް ހުރަސް އަޅާފައިވާކަމަށް އިދިކޮޅުންވަނީ ތުހުމަތުކޮށްފައެވެ. އަދި ބުނަމުން ދިޔައީ އެބޭފުޅުންގެ ވެރިކަމެއްގައި މިއިން ދުވަހަކުވެސް ރާއްޖޭގައި ނޫސްވެރިންނަށް ލބިދީފައި ނެތް ވަރުގެ މިނވަންކަމެއް ލިއްބައިދޭނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރިހާ މިޑިޔާއަކަށް ވެސް ދައުވަތު ދެއްވާނެ ކަމަށާ ހުރިހާ މީޑީޔާއަކަށްވެސް އެ ބޮޑު ހަފްލާ ކަވަރ ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް މީގެ ކުރިން އިދިކޮޅުން ބުނެފައިވެއެވެ.

ނަމަވެސް މިހާރު މި ފެންނަނީ އެ ޙަފްލާއަށް މީޑިޔާތަކަށް ދައުވަތު ދެއްވާފައިވީ ނަމަވެސް އިވެންޓް ކަވަރ ކުރަން އިކުއިޕްމަންޓުތައް ވެއްދުމަކީ މަނާ ކަމެއްގެގޮތުގައެވެ. މީޑިޔާތަކުގެ ބޭފުޅުން އިވެންޓަށް ވަޑައިގަންނަވަން ޖެހެނީ ހުސް އަތާކަމުގައި ވެގެން ދިޔަ މަންޒަރެވެ. އެންމެ ކުޑަ މިނުން، ބޭނުންކުރާ ފޯނުވެސް އެ ޙަފްލާއަށް ނުވެއްދޭނެ މަންޒަރެވެ.

ކަންމިހެން ހުރިއިރު ފާހަގަކޮށްލަން ޖެހެނީ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިވަޑައިގަތުމުގެ ކުރިން ދެއްކެވި އެއްވެސް ވާހަކައާ އަމަލާ ދިމާނުވާކަމެވެ. އެގޮތުން އިބޫ އަށް ވެރިކަން ލިބިވަޑައިގެންނެވުމުގެ ކުރިން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުގެ އެއްވެސް މަޤާމެއްގައި ތިއްބެވި އެއްވެސް ބޭފުޅެއް ވަޒީފާއިން ވަކިނުކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ވެެރިކަމާ އިބޫ ޙަވާލުވެވަޑައިގަންނަވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފެނިގެން ދިޔައީ ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިސްތިއުފާާދެއްވުމަށް އެދި އިބޫގެ ތަރުޖަމާނު މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ގޮވާލެއްވި މަންޒަރެވެ.


ދެން ވެސް އޮތީ އިންތިޚާބީ ސަރުކާރުގެ ބަހާ ޢަމަލާ ދިމާނުވާކަމުގެ ވާހަކައެކެވެ. އެގޮތުން އިބޫ ރައީސް ކަމަށް ހޮވިވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ ފަރާތްޕުޅުންވަނީ ދިވެހި ރައްޔިތުންނަށް ފޮނި ހުވަފެނެއް ދައްކާފައެވެ. އެއީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ވަންނަން ބޭނުންވާ އާއްމު ރައޔިތުންނަށް އެ ފުރުޞަތު ހުވާލެވިފައިވާ ވާހަކައެވެ. ނަމަވެސް އަނެއްކާ ވެސް ފެނިގެން ދިޔައީ އެކަންވެސް ފެން ބޮތްކަކަށް ވެގެން ދިޔަ މަންޒަރެވެ.

މިހާހިސާބަށް ދިޔުމުން ސިކުނޑި އެއް ހުރި ބަޔަކުނަމަ މިވާ ގޮތް ވަރަށް ރަގަޅަށް ވިސްނިގެން ދާނެއެވެ. އެގޮތުން ސަރުކާރު ނުފެށިގެން އުޅެނިކޮށް، ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް މިދަނީ މަޑުމަޑުން އުވި ނެތެމުން. ވި ވަޢުދު ތަކާ ޚިލާފުވަމުންނެވެ.

މިނިވަން ނޫސްވެރިކަމެއް ކުރައްވާނެ ކަމަށް ބުނެ ގެނައި ޖަޒިރާ ރާއްޖޭގައި ނޫސްވެރިން ކަވަރ ކުރާނެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޙަފްލާއަށް ވެސް އެ ނޫސްވެރިން ވަންނަން ޖެހެނީ އެމީހުން ނޫސްވެރިކަމުގައި ބޭނުން ކުރާ އެއްވެސް އާލާތަކާ ނުލާކަން ފާހަގަކޮށްލެވެއެވެ. ޖަޒީރާ ރާއްޖޭގައި މިނިވަން ނޫސްވެރިކަމަކީ މިއީ ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި މި ރާއްޖޭގައި ނޫސްވެރިންގެ ހާލަކީ ކޮބައިބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކަލޯ 16 ނޮވެމްބަރު 2018 - 16:28

    ބަލަ އެއީ އާދައިގެ ހަފާއެއް ނޫނޭ ދުނިޔޭގެ ބޮޑެތި ލީޑަރުން ބައިވެރިވާ ހަފްލާއެއް އެއީ އެހެންވީމަ ސެކިއުރިޓީ ހައި ވާނެ ދޯ ތީ ތާކުން ތާކު ނުޖެހޭ ވާހަކައެއް

  2. ވާނުވާ 16 ނޮވެމްބަރު 2018 - 12:51

    ދެންހަޖަމްކޮއްލާ

ގުޅުން ހުރި
Loading...