ރޫނީގެ އެންމެ ފަހު މެޗު މިއަދު

ފުޓްބޯޅައާއި ދުރައް ދިއުމުގެ ކުރިން އިންގްލޭންޑްގެ ކުޅުންތެރިއާ ވޭން ރޫނީ ކުޅޭ އެންމެ ފަހު މެޗުގައި އޭނާ ފެނިގެންދާނީ ކެޕްޓަންގެ ބޭންޑާއެކު 10 ނަމްބަރު ޖާޒީގައި ކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފިއެވެ. 

ރޫނީ ފުޓްބޯޅަ ކުޅުމުން މިދިޔަ އަހަރު ރިޓަޔާވެފައި ވީނަމަވެސް އޭނާ ކުޅޭނެ އެންމެ ފަހު މެޗަކީ މިއަދު ޔުނައިޓެޑް ސްޓޭޓްސް އާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި ރޫނީ ކުޅޭ އެމެޗަކީ އޭނާގެ ކެރިއަރުގައި އިންޓަނޭޝަނަލްކޮށް ފެނިގެންދާނެ 120ވަނަ ފެނިލުންކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިންގްލޭންޑްއިން ހާމަކުރާގޮތުގައި ރޫނީ 119 ފެނިލުމަށްފަހު ރިޓަޔަރ ކޮށްފައިވާތީ އޭނާ ފުޓުބޯޅައަށް ކުރި ޚިދުމަތުގެ އަގުވަޒަން ކުރުމަށް ފުޓްބޯލް އެސޯސިއޭޝަނުން އިތުރު މެޗެއް ކުޅުމަށް އޭނާއަށް ވަނީ ފުރުސަތު ދީފައެވެ. އެ މެޗު ފެށިގެންދާނީ ފަބިއާން ޑެލްފްގެ ކެޕްޓަން ކަމުގައި ވީނަމަވެސް މެޗުގެ ވަކި ހިސާބަކުން ކެޕްޓަން ބޭންޑް ރޫނީއާއި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ މެޗު ކުޅުމަށް ނުކުންނާނީ ޝަރަފުގައިކަމަށްވެސް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ރޫނީގެ ފަހު މެޗާއި ގުޅިގެން އިންގްލޭންޑްގެ ކުޅުންތެރިއާ ފަބިއާން ބުނީ އޭނާ އެ ޓީމާއި ގުޅުނު އިރު ރޫނީ އޭނާއަށް މަރުހަބާކީ ރަހުމަތްތެރިކަމާއެކުގައި ކަމަށްވުމުން އޭނާގެ ކެޕްޓަން ބޭންޑް އަނބުރާ އޭނާއަށް އެރުވުމަކީ ލިބިގެންދާނެ ޝަރަފެއް ކަމަށެވެ. ރޫނީގެ އެ މެޗަށްފަހު އަންނަ އާދީއްތަ ދުވަހު ނޭޝަންސް ލީގުގައި އިންގްލޭންޑާއި ކޮރޮއޭޝިއާ ބައްދަލު ކުރުމަށް ވަނީ ތާވަލު ކުރެވިފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...