ރައީސް ޔާމީން އަކީ ތަރައްޤީގެ ބަތޮލެއް - މީދޫ ކައުންސިލްގެ ރައީސް

މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ޗެނަލް13 އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ޗެނަލް13

ރައީސް ޔާމީން އަކީ ތަރައްޤީގެ ބަތޮލެއްކަމަށާއި، ރ. މީދޫ ރައްޔިތުން ތިބޭނީ އަބަދުވެސް އެމަނިކުފާނާ އެކުގައި ކަމަށް މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން އަތޮޅުތެރެ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއްޅުއްވާލައްވާ ވާހަކަ ދައްކަވަމުން ހުސެއިން އަފީފް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ނުކުރެވޭހާ ގިނަ ތަރައްޤީގެ ބޮޑެތި
މަޝްރޫއުތަށް ރައީސް އަބްދުﷲ ޔާމިންގެ މި ޒައާމަތުގައި ކުރެވެމުން ދާކަމީ ކޮންމެ ދިވެހި ރައްޔިތަކުވެސް ގަބޫކުރާ ހަގީގަތެއްކަމަށެވެ.

އަދި ރައީސް ޔާމީނަކީ ތަރައްޤީގެ ލާމަސީލު މިސާލެއްކަމަށް އަފީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެކުރީގެ ވެރިކަން ކުރެއްވި ބޭފުޅުން ރައްޔިތުންނަށް ދައްކަވަމުން ގެންދެވީ މުޅިވެންސް ހުވަފެނީ ދުނިޔެކަމަށާއި، ނަމަވެސް އެކަމުގެ ކުލަ ޖައްސަވާދެއްވީ މިހާރުގެ ރައީސް ކަމަށެވެ.

މީދޫގައި ކުރިއަށް ދާ ތަރައްޤީގެ މަޝްރޫއު ތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ ސަރުކާރުން ރ. އަތޮޅު މީދޫ އަށް ގެނެސްދޭ ތަރައްޤީގެ މަޝްރޫއު ތަކުގެ ތެރޭގައި ޒަމާނީ ފެންވަރެއްގައި


މަގުތަށް ހެދުމާއި ފެނާއި ނަރުދަމާގެ އިތުރުން ސްކޫލްގަ މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތާއި ބޭންކް ގެ ހިދުމަތް ދިނުމުގެ މަސައްކަތް ފާހަގަ ކޮށްލެވޭކަމަށެވެ.

އެގޮތުން މަގުހެދުމުގެ މަޝްރޫއު އާއި އެކު ފެނުގެ ނިޒާމްގެ މިމަސައްކަތްވެސް ގާތްގަނޑަކަށް ނިމުމަކާއި ކައިރިވެފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

މީދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އަށް މަގެއްގެ މަސައްކަތް ފެށިފައިވާއިރު މިއަހަރުގެ ނިޔަލަށް ހުރިހާ މަގެއް މަސައްކަތް
ނިމޭނެކަމަށް އެ މަސައްކަތް ކުރާ އެމްއާރުޑީސީއާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.

މިހާރުވެސް އެރަށުގެ އިސްކަންދަރު މަގު ގެ ނުވަދިހަ އިންސައްތަ ވަނީ ނިމިފައެވެ.

މީދޫގައި ބޭންކްގެ ހިދުމަތް ދިނުމަށް ގާއިމްކުރެވޭ އިމާރާތުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ދާއިރު، މި އިމާރާތް ނިމުނުހާ އަވަހަކަށް ބޭންކްގެ ހިދުމަތް ރައްޔިތުންނަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބީއެމްއެލް އިން ދެއްވާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...