ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ދިވެހި ހައްޖާޖީން މިނާއަށް ދިޔުމަށް ފުރައިފި


ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ދިވެހި ހައްޖާޖީން މިނާއަށް ދިޔުމަށް ފުރައިފިއެވެ. 

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ފަރާތްތަކަށް މައްކާގެ އެކި ތަންތަން ދައްކާލުމަށްޓަކާ ކުރިން އެކި ސަަރަހައްދުތަކަށް ހައްޖާޖީން ގެންގޮސްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

އަދި ދިވެހި ހައްޖުވެރިން ތިބުމަށްޓަކާ ޚާއްސަ ސަރަހައްދެއް ވަނީހަމަޖައްސާފައެވެ. ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ޔާމީނު އިދުރީސް ވިދާޅުވީ ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ހައްޖާޖީން މާތްވެގެންވާ މައްކާގެ ބިމަށް، އެހެން ގައުމުތަކުން ހައްޖަށްދާ ހައްޖުވެރިންނާ އެއްތަނެއްގައި ތިބެން ޖެހުމުން ފާހާނާ ކުރުންފަދަ ކަންކަމުގައި ދިވެހި ހައްޖުވެރިންނަށް ބޮޑެތި އުނދަގޫތަކެއް އުފުލަން ޖެހޭ ޖެހިފައިވާ ކަމަށާއޮ އެހެން ނަމަވެސް މިފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ފަރާތްތަކަށް އެފަދަ ވީހާވެސް ލުއި ފަސޭހަވާނޭ ފަދަ ގޮތަކަށް އެފަދަ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...