ސިވިލް ސޮސައިޓީތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޙާއްސަ ބައްދަލުވުމެއް ބާއްވަނީ

އެންވައިރަމެންޓް މިނިސްޓްރީއިން އިސްނަގައިގެން ސިވިލް ސޮސައިޓީތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެން ބައްދަލްވުމެއް ބާއްވަނީ

ސިވިލް ސޮސައިޓީތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ސިލްސިލާކޮށްބާއްވާ މި ބައްދަލްވުންތަކާއި ގުޅޭގޮތުން ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުންތަކުގެ މަޤުސަދަކީ އަންނަ ސެޕްޓެމްބަރ މަހުގެ ހަތާވީސް އަދި އަށާވީހުގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންސް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2017 އަށް ތައްޔާރުވުން ކަމަށެވެ.

 މި ފޯރަމްގެ މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާނޭކަންކަމުގެ މަގުޗާޓެއް އެކުލަވާލުން ކަމަށެވެ.


އެންވައިރަމެންޓް މިނިސްޓްރީއިން އިސްނަގައިގެން މި ބައްދަލްވުންވުމުގެ ފުރަތަމަ ބުރު މި މަހުގެ 16 އަދި 17 ގައި ކުޅުދުއްފުށީގައިވަނީ ބާއްވާފަ. ފުރަތަމަ ބުރު ބޭއްވިފައިވަނީ ހ.އ، ހ.ދ އަދި ށ އަތޮޅަށް ޚާއްސަކުރެވިގެންނެވެ.


ސިލްސިލާކޮށް ބާއްވާ މި ބައްދަލްވުމުގެ ދެވަނަ ބުރު އަންނަ ސެޕްޓެންބަރު މަހުގެ 11 އަދި ބާރާގައި ބޭއްވުމަށް ރާވާފައިވާއިރު ދެވަނަ ބުރު ހާއްސަ ކުރާނީ ނ، ރ، ބ، ޅ، ކ، އ.އ، އ.ދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް. މި ބައްދަލުވުމަށް ރެޖިސްޓަރ ވުމުގެ ފުރުސަތު 6 ސެޕްޓެމްބަރގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.


އަދި 3 ވަނަ ބުރު ޚާއްސަކުރެވިފައިވަނީ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކަމަށާއި މި ބައްދަލުވުން އަންނަ ސެޕްޓެންބަރު މަހުގެ 16 އަދި 17 ގައި ބޭއްވުމަށް ތާވާލް ކުރެވިފައިވާ ކަމަށް އެންވައިރަމެންޓް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަށް ރެޖިސްޓަރ ވުމުގެ ފުރުސަތުވެސް އަންނަ ސެޕްޓެންބަރު މަހުގެ ހައެއްގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.


މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...