ވެލެޒިނީ ދޫކޮށްލުމަށް ގޮވާލުމުން އީވާއަށް ފާޑު ކިޔުން އަމާޒުވެއްޖެ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ރަސޫލެއް ކަމަށް ދައުވާ ކުރި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ދޫކޮށްލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލެއްވުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، ވެލެޒިނީ ހައްޔަރުކުރުމުން، އެކަމާމެދު ކަންބޮޑުވުންފާޅުކޮށް އީވާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި އީވާ ވަނީ ވެލެޒިނީ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އީވާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ވެލެޒިނީ އަކީ އެހީއަށް ބޭނުންވާ މީހެއްކަމަށްވެސް ވިދާޅުވެފައެވެ.

ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާ އީވާ ކުރެއްވި ޓްވީޓަށް ހިޔާލުފާޅުކުރި ގިނަ މީހުން ބުނީ، ވެލެޒިނީއަކީ އިސްލާމް ދީނާއި ޚިލާފުވާހަކަތަކެއް ދައްކަމުން އައި މީހެއް ކަމަށާއި، އޭނާ ހައްޔަރު ކުރެވެން ޖެހޭ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ދެއްކުމުން ވެލެޒިނީގެ ބުއްދި ހަމަނުޖެހޭ ކަމަށް ކަނޑައަޅައި، އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ނުޖެހޭ ކަމަށްވެސް ގިނަ މީހުން ވަނީ ބުނެފައެވެ. 

ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާ، މެމްބަރު އީވާ ކުރެއްވި ޓްވީޓް. އެ ޓްވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައި.
އީވާގެ ޓްވީޓަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓް.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހު ވެލެޒިނީ އިއްޔެ ރާއްޖެ އައުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލްވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ވެލެޒިނީއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތަށް ކަނޑައެޅުއްވީ އޭނާ ދީނާއި ޚިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކާފައިވާތީއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...