ރެއާލް މެޑްރިޑްގެ ދާއިމީ ކޯޗަކަށް ސެންޓިއާގޯ ސޮލާރީ ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ދާއިމީ ކޯޗަކަށް ސެންޓިއާގޯ ސޮލާރީ ހަމަޖައްސައިފިއެވެ.

ސޮލާރީ ރެއާލް މެޑްރިޑްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުރި ޖޫލިއަން ލޮޕެޓެގީ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ އެންމެ ފުރަތަމަ ރެއާލް މެޑްރިޑަށް ގެނެސްފައިވަނީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭނާގެ މަގާމު ދާއިމީ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. ސްޕެނިޝް ފުޓްބޯލް ފެޑްރޭޝަނުން ބުނެފައިވަނީ ސޮލާރީ މަޤާމަށް ހަމަޖެއްސުމުގެ ހުރިހާ ކަމެއްވެސް ގޮސްފައިވަނީ ތާވަލުކުރެވިފައިވާ ގޮތަށް ކަމަށެވެ.

އޭނާގެ ކޮންޓްރެކްޓާއި ގުޅިގެން ރިއާލް މެޑްރިޑުން އެއްވެސް މައްސަލައެއް ޖައްސާފައި ނުވާ ކަމަށްވެސް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ބުނެފައެވެ. ލޮޕެޓެގީ މަގާމުން ދުރުކުރުމަށްފަހު، ވަގުތީ ގޮތުން ސޮލާރީ ރެއާލް މެޑްރިޑާއި ހަވާލުވެގެން ހުރި ދުވަސްކޮޅު އޭނާގެ ކޯޗުކަމުގެ ދަށުން ރެއާލް ކުޅުނު ހަތަރު މެޗުންވެސް އެޓީމް ވަނީ މޮޅުވެފައެވެ.

ސޮލާރީގެ ކޯޗްކަމުގެ ދަށުން އެޓީމުން ކުޅުނު މެޗްތަކުގައި އެޓީމުގެ ކޮޅަށް އެންމެ ދެ ލަނޑު ވަދެފައިވާއިރު، އެޓީމުން ވަނީ ފަނަރަ ލަނޑު ކަމިޔާބުކޮށްފައެެވެ. އެއީ މިހާތަނަށް ރެއާލްގެ ކޯޗަކަށް، އެޓީމާއި ހަވާލުވި ފުރަތަަމަ ދުވަސްކޮޅު ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...