ޔޫރޯ ސްޓޯރުގެ ފިހާރަ އާބަދަލު ތަކަކާއެކު އެހެން ސަރަހައްދަކަށް ބަދަލުކޮށްފި

ޔޫރޯ ސްޓޯރގެ އާ ފިހާރަ: ފޮޓޯ ޗެނަލް ތާރޓީން

ޔޫރޯ ސްޓޯރު އެހެން ސަރަހައްދަކަށް ބަދަލުކޮށް އާބަދަލު ތަކަކާއެކު ހުޅުވުމަށްފަހު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ޔޫރޯ ސްޓޯގެ މާކެޓިންގ މެނޭޖަރ މުހައްމަދު ނަސީރު ވިދާޅުވީ ފެށުނީންސުރެން ޔޫރޯ މާކެޓިންގައި ވިއްކާފައި ވާނީ އަމިއްލަ ބްރޭންޑްތައް އެކަނި ކަމަށެވެ.


ނަމަވެސް މިހާރު އެހެން ބްރޭންޑްތައް ރާއްޖެ ގެނެސްގެން ސަޕްލައި ކުރާ ފަރާތްތަކުގެ ޕްރޮޑަކްޓްސްތައް ވެސް ވިއްކަމުންދާ ކަމަށް ނަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ހަމައެކަނި ޔޫރޯ މާކެޓިންގެ ފަރާތުން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓްކުރާ 34 ޕްރޮޑަކްޓްސް އުޅޭނެ ކަމަށާ، މީ ޔޫރަޕްގެ ބްރޭންޑްސް ކަމަށް އޭނާ ވިދާޅުވިއެވެ. 

ޔޫރޯ ސްޓޯރުގެ ފަރާތުން ވިއްކާ ބައެއް ޕްރޮޑަކްޓްސް ތަކާ ބެހޭގޮތުން އޭނާ ވިދާޅުވީ މިހާރު ދުނިޔޭގައި މަޝްހޫރު ލެކްޓޯސް ފްރީ އޯގަނިކް މިލްކް، ބަޓަރ، ޗީޒް އަދި ޗޮކްލެޓްގެ ވައްތަރުތައް އެތަނުން ލިބޭނެ ކަމަށެވެ.


މީގެއިތުރުން ފެށުނީންސުރެ، ޔޫރޯ މާކެޓިންގ އަށް ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބެމުންދާކަމަށާ، މިހާހިސާބަށް ޔޫރޯ މާކެޓިންގ އައުމުގަ އެންމެ ބޮޑު ރޯލެއް އަދާކުރީ ކަސްޓަމަރުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...