"ނިކްޔަންކާ"ގެ ކައިވެނީގެ ފޮޓޯ ނެގުމަށް އިންޓަރނޭޝަނަލް މެގަޒިންތަކުން ބިޑު ކުރަނީ

ޕްރިޔަންކާއާއި ނިކްގެ ކައިވެނީގެ ފޮޓޯތައް ނެގުމަށް ދުނިޔޭގެ ނަން މަޝްހޫރު މެގަޒިންތަކުން ބިޑު ކުރަން ފަށައިފިއެވެ.

ބޮލީވުޑްގެ "ދޭސީގާލް" އަދި ހޮލީވުޑްގެ "އެލެކްސް ޕެރިޝް" ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏަކީ ދުނިޔޭގެ އެކި ޤައުމުތަކުން އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެވެ.

ޕްރިޔަންކާގެ ގާތް އެކުވެރިޔާ މޭގަން އާއި ޕްރިންސް ހެންރީގެ ކައިވެންޏަށްފަހު، ޕްރިޔަންކާގެ ކައިވެނި ޝޫޓު ކުރުމަށް އެކިއެކި ފޮޓޯގްރާފަރުންނާއި މެގަޒިން ތަކުން މިހާރު ގެންދަނީ ބިޑު ހުށަހަޅަމުން ކަމަށް ބޭރުގެ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ޕްރިޔަންކާގެ ދެބެއިންގެ ދެދަރި ކޮއްކޮ އަދި ބޮލީވުޑް ތަރި ޕަރިނީތީ ޗޯޕްރާ ބުނެފައިވަނީ "ނިކްޔަންކާ"ގެ ކައިވެނި ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ 2ވަނަ ދުވަހުގައި ކަމަށެވެ. އަދި އެ ކައިވެނި އޮންނާނީ އިންޑިޔާގެ އަވަށެއް ކަމުގައިވާ ޖޯދު ޕޫރުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބޭރުގެ އިންޓަނޭޝަނަލް މެގަޒިން ތަކުން ބޮލީވުޑްގެ ތަރިންނާއި ހޮލީވުޑް ތަރިންގެ ފޮޓޯތައް އެކްސްކްލޫސިވްކޮށް ނެގުމަކީ އާކަމެއް ނޫނެވެ. މީގެ ކުރިން ވޯގު އިންޑިއާއިންވެސް ވަނީ ސޯނަމް ކަޕޫރުއާއި އަނަންދް އަހޫޖާގެ ކައިވެނިވެސް ފޮޓޯ ނަގާފައެވެ.

ޕްރިޔަންކާ މިހާރުވެސް ދަނީ އޭނާގެ ކައިވަންޏަށް ތައްޔާރުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...