ސިއްރު ޑީލްތަކުން ރާއްޖެ ޗައިނާއަށް ދަރާފައިވާ ވާހަކަ އަކީ ދޮގެއް: މިނިސްޓަރ ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހެދި ޑީލްތަކުން ރާއްޖެ ތިން ބިލިއަން ޑޮލަރަށް ދަރާފައިވާކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ފަތުރަމުން އަންނަނީ ދޮގު ޚަބަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ މީޑިޔާއަކުން ހާމަކޮށްފައިވާ ގޮތުން، އެމައުލޫމާތު ހާމަކުރައްވާފައިވަނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. ކުދި ގައުމުތަކަށް އެހީވެދީ، އެފަދަ ގައުމުތަކަށް އިމާރާތްކުރުމުގެ އެހީ ފޯރުކޮށްދިނުމަށް ޗައިނާއިން ފެށި ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް އިއުލާންކުރުމާއެކު އެ ޕްރޮޖެކްޓުގައި އެންމެ ފުރަތަމަ މި ސަރަހައްދުން ބައިވެރިވި ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.

ބެލްޓް އެންޑް ރޯޑްގެ ތެރެއިން ދިވެހި ސަރުކާރާއި ޗައިނާއާއެކު ގިނަ ޑީލްތަކެއްގައި ސޮއިކުރި ކަމަށް ޗައިނާ މޯނިން ޕޯސްޓްގައިވެ އެވެ. ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓެެއްވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އެ ނޫހުން ބުންޏެވެ. އެ ނޫހުން ބުނީ އޭގެ ތެރޭގައި އަޑި ނޭނގޭ ސިއްރު ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

އެ ޚަބަރު އިކޮނޮމިކް މިނިސްޓަރ ދޮގު ކުރައްވާފައިވާއިރު، ޗައިނާ ސަރުކާރުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ވަނީ އެހީތެރިވެދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...