ޤައުމީވަންތަ ސިފަތަކާއި މިއަދު ދިވެހިން ދުރު: މިނިސްޓަރ މުޢިއްޒު

ޤައުމީ ލޯތްބާއި ޤައުމީވަންތަ ސިފަތަކަކީ މިއަދު ދިވެހިންނަށް ބީރައްޓެހި އެއްޗެއްކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވެފައިވަނީ ޤައުމީ ދުވަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމުގެ ގޮތުން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ ޤައުމީ ދުވަހެއް ދިވެހިންނާއި ބައްދަލު ކުރިއިރު، ޤައުމީ ލޯތްބާއި ޤައުމިއްޔަތުގެ ސިފަތަކަކީ، ދަތުރެއްގައި އަންނަ ބީރައްޓެއްސަކަށްވުރެ، ތަނުގެ އަހުލުވެރިންނަށް ބީރައްޓެހި އެއްޗެއް ކަމަށެވެ. އަދި އޭގެ ސަބަބުން ނޭނގި ތިއްބާ ގެއްލިގެންދަނީ ޙަޤީޤީ މިނިވަންކަން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

އަދި ޤައުމީ ލޯތްބާއި ޤައުމިއްޔަތުގެ ސިފަ ނެތުމުން ޤައުމީ ބަހާތަކާއި އިސްލާމީ ވަހުދަތު ގެއްލިގެން ދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލު މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ޤައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ޤައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދަށް ޝުކުރު ދެންނެވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ގައުމީ ދުވަހުގައި ފާހަގަ ކުރަނީ، 15 އަހަރު ދުވަހުގެ އަޅުވެތި ކަމަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި އުފާވެރި މުނާސަބާ އެވެ. ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްފައި ވަނީ 965 ވަނަ އަހަރުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...