ކަނޑު ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ހުރިހާ ހިސާބުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ، އުތުރާއި މެދުތެރެއަށް ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ވެލެޒިނީ ދޫކޮށްލައިފި
Loading...